ވެލިދޫގައި ޑަޔަލިސިސްގެ ހިދުމަތް އަންނަ މަހު ފެށޭނެ: މިނިސްޓަރ

ނ. އަތޮޅު ވެލިދޫގައި ޑަޔަލިސިސް ގެ ހިދުމަތް އަންނަމަހު ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

 

މިނިސްޓަރ މިހެން ވިދާޅުވީ އެމްއެމްޓީވީއަށް ދެއްވި އިންޓަވިއުއެއްގައެވެ.

 

އެގޮތުން މި ހިދުމަތް ދެން އެންމެ އަވަހަށް ފެށިގެންދާނެ އެއް ރަށަކީ ނ. ވެލިދޫ ކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

 

މިނިސްޓަރު ވިދާޅުވީ މި ހިދުމަތް ފުޅާކުރަމުން ދަނީ ޑަޔަލިސިސްގެ ހިދުމަތް ހޯދަންޖެހޭ މީހުން ގިނަ ރަށްރަށަށް ބަލައިގެން ކަަމަށެވެ. އަދި ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރަމުން އަންނަކަަމށެވެ.

 

މީގެއިތުރުން ހއ. އިހަވަންދޫގައި ވަރަށް ފަހުން މިހިދުމަތް ފަށާފައިވާކަން ހާމަކުރައްވާ އެމަނިކުފާނު ވިދާޅުވީ ނ. އަތޮޅުގައި ޑަޔަލިސިސްގެ އެނދު އިތުރުކޮށްފައިވާ ކަމަށެވެ. އަދި ގއ. ވިލިނގިލީގައި ވެސް މިހާރު ޑަޔަލިސިސްގެ ހިދުމަތް ދެވެމުންދާނެކަން ފާހަގަކުރެއްވިއެވެ.

 

" އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް މަސްދުވަސް ތެރޭގައި ނ. ވެލިދޫގައިވެސް މިހިދުމަތް ފެށިގެންދާނެ،"

 

ކިޑްނީގެ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންގެ ނިސްބަތުން ބޮޑު އިންސައްތައެއް ޑަޔަލިސިސްގެ ހިދުމަތް ގަވާއިދުން ހޯދަންޖެހެއެވެ. ރަށުން މި ހިދުމަތް ނުލިބޭ ނަމަ، އެންމެ ކައިރި ރަށަކަށް ގޮސްގެން މިފަރުވާ ހޯދަން ރައްޔިތުން ކުރާ ހޭދަ ކުޑަކުރުމަކީ ސަރުކާރުުގެ އަމާޒެވެ.

 


  • ހެލްތު މިނިސްޓްރީ
  • ކޮމެންޓް