ހޮސްޕިޓަލަކާއި ސިއްހީ މަރުކަޒެއް އަޅަން އާރުޑީސީ އަށް

ދިހަ ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އައު އިމާރާތްކުރުމުގެ މަސައްކަތް ސަރުކާރުގެ ތިން ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

 

އެގޮތުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ވަނީ ދެ ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އައު އިމާރާތްކުރުމުގެ މަސައްކަތް ކުރުމަށެވެ.

 

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޢަބްދުﷲ އެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓައަރޑް ޢަލީ ޒުހެއިރުއެވެ.

 

ނ. ވެލިދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކުރީ 108,322,537.03 ރުފިޔާ އަށެް 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އދ. ފެންފުށީ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކުރީ 26,839,684.82 ރުފިޔާ އަށެވެ. މި މަސައްކަތް ވެސް ހަވާލުކުރީ 540 ދުވަސް ތެރޭގައި ނިންމާގޮތަށެވެ.

 


  • އާރްޑީސީ
  • ހެލްތު މިނިސްޓްރީ
  • ކޮމެންޓް