ތިން ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އައު އިމާރާތްކުރަން ފެނަކަ އަށް

ތިން ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އައު އިމާރާތްކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާއި ހަވާލުކޮށްފިއެވެ.

 

މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޢަބްދުﷲ އެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، މޭޖަރ ރިޓައަރޑް މުޙައްމަދު ނަޖާހް އެވެ.

 

ފެނަކަ އާ ހަވާލުކޮށްފައިވަނީ ބ. ކުޑަރިކިލު ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކުރީ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 7,641,116.64 ރުފިޔާއަށެވެ. ގއ. ކޮނޑޭ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކުރީ 300 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އެއީ 6،763،307.54 ރުފިޔާ އަށެވެ.

 

މީގެއިތުރުން ގދ. ނަޑެއްލާ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް 6،757،395.89 ރުފިޔާ އަށް ހަވާލުކުރީ ވެސް 300 ދުވަހުގެ މުއްދަތަށެވެ.

 

ހދ. މަކުނުދޫ ސިއްހީ މަރުކަޒު އިމާރާތް ކުރަންވެސް ވަނީ ފެނަކައާއި ހަވާލުކޮށްފައެވެ. އެއީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

 


  • ފެނަކަ
  • ހެލްތު މިނިސްޓްރީ
  • ކޮމެންޓް