ޚަބަރު ރާއްޖެ

ކޫއްޑޫ ގޮނޑުދޮށުން ވެލިނަގާ ވީޑިއޯއެއް

ކޫއްޑޫ ގޮނޑުދޮށުން ވެލިނަގާ ވީޑިއޯގެ ސްކްރީން ޝޮޓެއް

ކޫއްޑޫ ގޮނޑުދޮށުން ވެލިނަގާ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެއްޖެއެވެ.

 

މި ވީޑިއޯގައި ހަތަރު މީހަކު ވެގެން ގޯނި ގޯންޏަށް ވެލިއަޅަމުންދާ މަންޒަރު ފެނެއެެވެ. ބެލެވޭގޮތުގައި އެއީ ބިދޭސީންނެވެ.

 

'އޮއިވަރު' އަށް މައުލޫމާތު ދެއްވި ފަރާތުން ބުނެފައިވަނީ އެމީހުން ވެލިނާގީ ފަރުދީ ހައިިސިއްޔަތުން ސުވާލުކޮށްފައިވާ ކަމަށެވެ. އަދި އެއީ އެތަން ފުން ކުރުމަށް ނަގާ ވެލިކަމަށް އެމީހުން ބުނިކަމަށް ވެސް އޭނާ ބުންޏެވެ.

 

އެހެންނަމަވެސް ވެލިނަގަނީ ހުއްދަ ހޯދައިގެންކަމެއް ނުވަތަ ނޫން ކަމެއް އެމީހުންނަށް ވެސް ނޭނގޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

 

މިކަމާއިގުޅިގެން އެންވަޔަރްމެންޓް މިނިސްޓްރީގެ ބަހެއް ހޯދައިލުމަށް، އެ މިނިސްޓްރީގެ މީޑިއާ ކަންކަން ބަލަހައްޓަވާ ފަރާތްތަކަށް މެސެޖު ކުރުމުން ވިދާޅުވީ އެފަދަ މައްސަލައެއް ފާހަގަކުރެވި، އީޕީއޭގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި އެފަރާތުން އެކަން ބެލުމަށްފަހު، ކަންކަން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.

 

އެހެންކަމުން އީޕީއޭ ގެ ހޮޓްލައިން އަށް ގުޅައި، އެކަމުގެ ތަފްސީލު ހޯދުމަށް މިހާރުވާނީ 'އޮއިވަރު'ގެ ފަރާތުން އެދިފައެވެ.

 


  • އެންވަޔަރްމެންޓް މިނިސްޓްރީ
  • އީޕީއޭ
  • ކޮމެންޓް
    އަތޮޅޭ
    ތިޔަވާނީ ހުއްދަ ދީގެން ކުރާ ކަމެއް ކަމަށް. އެހެންނޫނީ އެވެރިން ނުކުރާނެ