ޚަބަރު ރާއްޖެ

އިންޓެގްރިޓީ ފޯރަމްގެ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

ސައުދީ-ރާއްޖޭގެ ބައިނަލްއަގްވާމީ އިންޓެގްރިޓީ ފޯރަމްގެ ތައްޔާރީތަކާއި ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.

 

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލް އާއި މިނިސްޓަރ ޠާރިޤް އިބްރާހީމް ބައްދަލުކޮށް ބޭއްވި މި ބައްދަލުވުމުގައި ކުރިއަށް އޮތް ފޯރަމްގެ މުހިންމުކަމާއި، އެ ފޯރަމުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ގޮތުގެ މައްޗަށް މަޝްވަރާކުރެއްވިއެވެ. އަދި ފޯރަމްގެ ތައްޔާރީތައް ފެށުމާއި ގުޅޭގޮތުން ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ.

 

އޭސީސީގެ ފަރާތުން މި މައުލޫމާތު ހާމަކުރެއްވިއިރު، މި ފޯރަމަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ކޮރަޕްޝަން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ފޯރަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.

 

މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ތެރޭގައި ކަމަށްވީ ނަމަވެސް، ވަކި ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ދެ ފަރާތުން މިހާރު ވަނީ ތައްޔާރީތައް ފަށައިގަނެ، ކުރިއަށްގެންދިއުމަށް އެއްބަސްވެފައެވެ.

 

މި ފޯރަމަކީ ރާއްޖެއާއި ސައުދީ އަރަބިއާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމުގެ އިންޓެގްރިޓީ އާއި ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް މަގުފަހިކޮށްދޭނެ މުހިންމު ފޯރަމެއް ކަމަށް ބެލެވެއެވެ.

 


  • އޭސީސީ
  • ތޯރިގް އިބްރާހިމް
  • އެންވަޔަރްމެންޓް މިނިސްޓްރީ
  • ކޮމެންޓް