ޖެނެރޭޝަނަލް ބޭން އާއި ގުޅިގެން ޖަމިއްޔާތަކާއިއެކު މަޝްވަރާކޮށްފިއެވެ.
ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ތައާރަފު ކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން ހެލްތު މިނިސްޓްރީން ޖަމިއްޔާތަކާއިއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައިވަނީ މިއަދުއެވެ.
މި ބައްދަލުވުމުގައި ޖެނެރޭޝަނަލް ބޭން ކާމިޔާބު ކަމާއެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.
މިނިސްޓަރ އިއްޔެ ވަނީ، ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ތައާރަފު ކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އާއި ޔުނިސެފްގެ އޮފިޝަލުންނާއި ވަނީ ބައްދަލު ކުރައްވާފައެވެ.
ޖެނެރޭ ޝަނަލް ބޭން ކާމިޔާބު ކަމާއެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި ގުޅޭގޮތުން އެ އިދާރާތަކުން މި ބައްދަލުވުމުގައި ވަނީ ލަފާ ވެސް ދެއްވާފައެވެ.