ޚަބަރު ރާއްޖެ

ގްލޯބަލް ގަވަރމެންޓް ސަމިޓުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބައިވެރިވެއްޖެ

ގްލޯބަލް ގަވަރމެންޓް ސަމިޓް-ޝޭޕިންގ ދަ ފިއުޗަރ އޮފް ސޯޝަލް އިނޮވޭޝަން" ގެ ނަމުގައި ކުރިއަށްދާ ސަމިޓުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ބައިވެރިވެއްޖެއެވެ.

 

އެ މިނިސްޓްރީގެ ފަރާތުން މި ސަމިޓުގައި ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ ޑރ. ޢަލީ ހައިދަރު އާއި ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަޒީރު އެވެ.

 

ލަކްސްއެމްބަރގްގައި ކުރިއަށްދާ މި ސަމިޓުގެ މަގްސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ސަރުކާރުގެ އިސް މަގާމުތަކުގައި މަސައްކަތްކުރަމުންދާ ފަރާތްތައް ބައިވެރިވެ، ދައުލަތްތަކުގެ ހިންގުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ.

 

އެގޮތުން ސަރުކާރު ހިންގުމުގައި ދިމާވާގޮންޖެހުންތަކާއި، ސަރުކާރުގެ ހިންގުންތެރިކަން އިތުރުކުރުމާއި އިޖުތިމާއީ އުފެއްދުންތެރިކަން ކުރިއެރުވުން ފަދަ މުހިންމު މައުލޫތަކުގެ މައްޗަށް މި ސަމިޓުގައި އަލިއަޅުވައިލެވޭނެއެވެ.

 

ބައިނަލްއަގްވާމީ ފެންވަރުގައި ބާއްވާ މި ސަމިޓުގައި މިނިސްޓަރގެ ފަރާތުން ރާއްޖޭ ތަމްސީލްކުރައްވައި ނޭޝަނަލް ޕޮލިސީ އަދި އިޖުތިމާއީ އުފެއްދުންތެރިކަމާއި ގުޅޭ ހިތާބެއްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

 


  • ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ
  • ކޮމެންޓް