ސިއްހީ ދާއިރާގެ ހިދުމަތް ޑިޖިޓަލް ކުރުމަށް މަޝްވަރާކޮށްފިއެވެ.
ރައީސް ޑރތ. މުޙައްމަދު މުޢިއްޒުގެ ހާއްސަ އިސްނެންގެވުމުގެ މަތިން ޑިޖިޓަލް ހެލްތު ކުރިއެރުވުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން އާއްމުންދަށް ދޭ ހިދުމަތްތައް ޑިޖިޓަލް ކުރުމަށް މަޝްވަރާކޮށްފައިވަނީ ހެލްތު މިނިސްޓްރީއާއި ގުޅުން ހުރި އިދާރާތަކާއި އެކުގައެވެ.
މި މަސައްކަތުގައި އިސްކޮށް މަސައްކަތް ކުރައްވާ ރައީސް އޮފީހުގެ ޓީމުން މިއަދު ހެލްތު މިނިސްޓްރީގެ އިސްވެރިންނާއި، އައިޖީއެމްއެޗް، އާސަންދަ، އަދި އެންސްޕާގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި މަޝަވަރާކޮށްފައިވަނީ ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމަށް އެހީތެރިވުމަށް މި ހުރިހާ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުންނެވެ.
އެގޮތުން ހެލްތު އިންފޮމޭޝަން ސިސްޓަމާއި ސިއްހީ ހިދުމަތާއި ގުޅޭ ކަންކަން އެ ސިސްޓަމާއި ގުޅުމާއި މިނިސްޓްރީން އާއްމުކުރުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ޑިޖިޓަލް ހެލްތު ރޯޑްމެޕް ލޯންޗުކުރުމުގެ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
ޑިޖިޓަލް ހެލްތު ރޯޑް މެޕް އަންނަ މަހު ލޯންޗް ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.