ޚަބަރު ރާއްޖެ

ސެއިލްސް ޕްރޮޖެކްޓުގެ އަޕްސްކްލިންގ ޕްރޮގްރާމް ލޯންޗްކޮށްފި

ފޮޓޯ: އަލިބެ

"ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބަރ ސަރވިސަސް" (ސެއިލްސް) މަޝްރޫއުގެ ދަށުން ފަށާ އަޕްސްކްލިންގ ޕްރޮގްރާމުސެއިލްސް ޕްރޮޖެކްޓުގެ އަޕްސްކްލިންގ ޕްރޮގްރާމް ލޯންޗްކޮށްފިއެވެ.

 

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވާރލްޑް ބޭންކްގެ އެހީގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ މަގްސަދަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަންނަ ބަދަލުތަކާއި ގުޅިގެން މަސައްކަތްކުރާ އުމުރުފުރައިގެ މީހުންނަށް އާމްދަނީ ހޯދުމަށް ބޭނުންވާނެ ފަންނީ ތަމްރީނާއި ހުނަރުވެރިކަން ދަސްކުރުމުގެ މަގުފަހިކޮށްދިނުމެވެ.

 

މި ޕްރޮގްރާމުތަކުގެ އެއް އަމާޒަކީ ރައީސްގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ "ދިވެހިންނަށް ހާއްސަ އަދި ދިވެހީންނަށް އިސްކަންދޭ ވަޒީފާގެ ބާޒާރެއް ގާއިމުކުރުމަށް" ކަނޑައަޅާފައިވާ ސިޔާސަތުގެ ތެރެއިން ޒުވާން ގާބިލު ލޭބަރ ފޯސްއެއް ތައްޔާރުކުރުމެވެ.

 

ރާއްޖޭގެ އިގްތިސާދުގެ މައިތަނބު ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ދިވެހި މުވައްޒަފުންނަށް ފޮރިންގ ލެންގްއޭޖު ދަސްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މެންޑަރިން، ފްރެންޗް، ސްޕެނިޝް އަދި ރަޝިޔަން ފަދަ ބަސްބަހުން މުއާމަލާތް ކުރުމުގެ ހުނަރު ދަސްކޮށްކުރުމުގެ ފުރުސަތު މި ޕްރޮގްރާމުގެ ތެރެއިން ފަހިވެގެންދާނެއެވެ.

 

މީގެއިތުރުން ދެމެހެއްޓެނިވި އަދި އިއާދަކުރުވަނި ހަކަތައިގެ ވަސީލަތްތަކަށް ބަދަލުކުރުމަށް ސަކުރާކުރުން ފަށައިފައިވާ މަސައްކަތަށް ބޭނުންވާނެ ހުނަރުވެރިން ތަމްރީންކުރުމަށާއި ގްރީން ވާރކް ފޯސްއެއް ބިނާކުރުމަށް ހާއްސަ ތަމްރީނުތަކެއް މި ޕްރޮގްރާމުގައި ހިމެނިފައިވެއެވެ.

 

މިގޮތުން އެޕްރީލް މަހު ފެށުމަށް ހަމަޖެހިފައިވާ ތަމްރީންތަކަކީ ސެޓްފިކެޓް 3 އިން މެރިން މެކޭނިކް، ސެޓްފިކެޓް 3 އިން ރިނިއުބަލް އެނަޖީ ސިސްޓަމްސް އެންޑް މެއިންޓަނަންސް، ސެޓްފިކެޓް 3 އިން ގެސްޓްހައުސް މެނޭޖުމަންޓެވެ. އަދި ސެޓްފިކެޓް 3 އިން ސްނޯކްލިންގ ގައިޑް، ބޭސިކް ޗައިނީސް ލެންގްއޭޖް (ޓްއަރިޒަމް) އެވެ.

 

ހަމަމިއާއެކު ސެޓްފިކެޓް 3 އަކުއަރޓިކް ރިކްރިއޭޝަންއާއި ސެޓްފިކެޓް 3 މޭކަޕް އެންޑް ބިއުޓީ ކެއަރ ވެސް އޭޕްރިލް މަހު ފެށުމަށް ވަނީ ނިންމާފައެވެ.

 

މި ތަމްރީންތައް ހިންގުމަށް ހަމަޖެހިފައިވަނީ މާލެ އާއި އަތޮޅުތެރޭގައެވެ.

 


  • ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ
  • ކޮމެންޓް