ނޭޝަނަލް ސެޓްފިކެޓް 3 އިން ސްވޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓެނެންސް" ޕްރޮގްރާމް ރީތި ބީޗް ރިސޯޓުގައި ކުރިއަށްގެންގޮސްފިއެވެ.
މިއީ ނޭޝަނަލް އެސަސްމަންޓް މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) ގެ ފަރާތުން މޯލްޑިވިސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ނޭޝަނަލް އެސަސްމަންޓަކީ ރާއްޖެއަށް ބޭނުންވާ މަސައްކަތްތެރިކަމުގެ ދާއިރާތަކަށް ނިކުންނަ ޒުވާނުންގެ ކިބާގައި އެ ދާއިރާއަކަށް ބޭނުންވާ ހުނަރާއި ގާބިލްކަމާއި އެނޫން މުހިންމު ސިފަތައް ހުރިކަން ކަށަވަރުކުރުމަށް އެމްއެންއެސްޑީއޭ މެދުވެރިކޮށް ކުރިއަށްގެންދެވޭ ޢަމަލީ އިމްތިހާނެކެވެ.
ރީތި ބީޗް ރިސޯޓްގައި ކުރިއަށްގެންދާ "ނޭޝަނަލް ސެޓްފިކެޓް 3 އިން ސްވޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓެނެންސް" ކޯހުގެ މި ޢަމަލީ އިމްތިހާނުގައި އެމްއައިޓީގެ އެތައް ދަރިވަރުންނެއް ވަނީ ބައިވެރިވެ، ނޭޝަނަލް އެސަސްމަންޓް ފުރިހަމަކޮށްފައެވެ.
އެމްއެންއެސްޑީއޭ އަކީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ޓްރެއިނިންގ (ޓިވެޓް) ޕްރޮގްރާމްތަށް ކުރިއެރުވުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން މަސައްކަތްކުރުމުގެ މަޤްސަދުގައި ގާއިމުކުރެވިފައިވާ އިދާރާއެކެވެ.
މި މަގްސަދު ހާސިލުކުރމަށް އެ އިދާރާ އިން އަންނަނީ މަސައްކަތްތެރިކަމުގެ ދާއިރާތަކާއި ގުޅޭ ކޯސްތައް ހިންގާ އިންސްޓިޓުޓްތަކުގެ ފެންވަރު ކަނޑައަޅައި އެ އިދާރާގައި ރަޖިސްޓަރީކުރުމާއި ނޭޝަނަލް އެސެސަރުންގެ ފެންވަރު ކަނޑައަޅައި ރަޖިސްޓްރީކުރމުގެ އިތުރުން އެކި ދާއިރާތަކުން މިފަދަ ނޭޝަނަލް އެސަސްމަންޓްތައް ހިންގަމުންނެވެ.