ޚަބަރު ރާއްޖެ

ކޭއާރްއެޗް ތަރައްގީ ކުރުމާގުޅޭގޮތުން މަޝްވަރާކޮށްފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ހިދުމަތް ދިނުމަށް ތަރައްގީ ކުރުމާއި ގުޅޭގޮތުން ހެލްތު މިނިސްޓްރީއާއި ކުޅުދުއްފުށީ ކައުންސިލާއި އެކު މަޝްވަރާކޮށްފިއެވެ.

 

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި މި މަޝްވަރާގައި ހޮސްޕިޓަލުގައި ހިދުމަތް ދިނުމުގައި މިހާރުހުރި ގޮންޖެހުންތަކާއި ހިދުމަތް ހަރުދަނާ ކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

 

ކުޅުދުއްފުށީ ކައުންސިލުގެ އިތުރުން ދާއިރާގެ މަޖިލިސް މެމްބަރުންވެސް ބައިވެރިވި މި ބައްދަލުވުމުގައި ކުޅުދުފުށީ ހޮސްޕިޓަލްގެ އެކްޓެންޝަން އިމާރާތް އެޅާ ބިމުގެ ކަންކަމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

 

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ މިހާރުވެސް ވަރަށް ގިނަ ބަޔަކު ހިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ. އެއަތޮޅުގެ އިތުރުން ހއ. އަތޮޅުން ވެސް ވަރަށް ގިނަ ރަށްރަށުގެ ރައްޔިތުން ގެންދަނީ ކޭއާރްއެޗުން ހިދުމަތް ހޯދަމުންނެވެ.

 

ހެލްތު މިނިސްޓްރީން ވަނީ ކުޅުދުއްފުށީ ސިޓީގައި އިމާރާތް ކުރާ ދަމަނަވެށި އެޅުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައެވެ. އެ ޕްރޮޖެކްޓްގެ އަގަކީ 23,113,061.08  ރުފިޔާއެވެ.

 


  • ކުޅުދުއްފުށި ސިޓީ
  • ހެލްތު މިނިސްޓްރީ
  • ކޮމެންޓް