މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އަދި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖޭއައިސީއޭ)އާއި ދެމެދު ޓެކްނިކަލް-ވޮކޭޝަނަލް ޓްރޭނިންގ (ޓިވެޓް) ދާއިރާގެ ތަރައްޤީއާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި އެމްއެންއެސްޑީއޭ އިން ރާއްޖޭގެ ޓިވެޓް ދާއިރާ ކުރިއެރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކުގައި ޖޭއައިސީއޭގެ އެހީއާއި އެއްބާރުލުން ހޯދުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
އެގޮތުން، ރާއްޖޭގައި ކުރިއަށްގެންދާ އެކި ޓިވެޓް ޕްރޮގްރާމްތަކުގެ ކަރިކިއުލަމްތަށް އެކުލަވައިލުމާއި އެ ޕްރޮގްރާމްތަށް ކުރިއަށްގެންދިޔުމާއި އެ ޕްރޮގްރާމްތަކާއި ގުޅޭ ނޭޝަނަލް އެސަސްމަންޓްތަށް ކުރިއަށްގެންދިޔުމަށް ބޭނުންވާ ވަސީލަތްތަށް ފޯރުކޮދިނުމަށް މަޝްވަރާކުރެއްވިއެވެ.
މީގެއިތުރުން ނޭޝަނަލް އެސަސަރުން ތަމްރީނުކުރުމުގައި ޖޭއައިސީއޭ އިން އެމްއެންއެސްޑީއޭއާއި ގުޅިގެން މަސައްކަތްކުރުމަށް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ.
މި ބައްދަލުވުމުގައި އެމްއެންއެސްޑިއޭގެ ސީއީއޯ، ޑރ. ޒަހްރާ މުޙައްމަދާއި އެ އިދާރާގެ އެހެނިހެން އިސް ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ. އަދި ޖޭއައިސީއޭގެ ފަރާތުން މރ. ޓަކި މޮޓޫ ވަނީ ބައިވެރިވެވަޑައިގެންފައެވެ.