މޯލްޑިވިސް ޕޮލިޓެކްނިކްގެ ސްޓްރެޓެޖިކް ޕްލޭން 2025-2028 އިފްތިތާހު ކޮށްފިއެވެ.
"އަ ބްލޫ ޕްރިންޓް ފޮރ އެކްސެލެންސް" ގެ ނަމުގައި މި ޕްލޭން އިފްތިތާހުކޮށްދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރުއެވެ.
މިއީ ރާއްޖޭގެ މުސްތަގްބަލް ބިނާކުރުމަށް އަމާޒުކޮށް ކުރިއަށްއޮތް 4 އަހަރުގެ ތެރޭގައި މަސައްކަތްތެރިކަމުގެ ދާއިރާތަކުގައި ވަޒީފާ އަދާ ކުރާ ޒުވާނުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުކޮށް، ހަރުދަނާ ވަޒީފާގެ މާހައުލެއް ބިނާކުރުމަށް ޕޮލިޓެކްނިކްގެ ފަރާތުން ފަރުމާކުރެވިފައިވާ ޕްލޭނެކެވެ.
ޕޮލިޓެކްނިކްގެ ސްޓްރެޓެޖިކް ޕްލޭނިންގ ކޮމިޓީ (އެސްޕީސީ) ގެ ދަށުން އެ އިދާރާގެ އެތައް މުވައްޒަފުންނެއް ވަނީ ޕޮލިޓެކްނިކްގެ ލަނޑުދަނޑިތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، އެ ދާއިރާގެ ތަޖުރިބާކާރު އިސްބޭފުޅުންގެ ލަފަޔާއި އިރުޝާދުގެ ދަށުން މި ސްޓްރެޓެޖިކް ޕްލޭން ބަލާ ފާސްކޮށްފައެވެ.
މޯލްޑިވިސް ޕޮލިޓެކްނިކްގެ ސީއީއޯ ޛޫޝާން ކަމާލުއްދީން ވިދާޅުވީ އަމާޒަކީ މި ސްޓްރެޓެޖިކް ޕްލޭން މެދުވެރިކޮށް ފެންވަރު ރަނގަޅު ތަމްރީނުތަށް ފޯރުކޮއްދިނުމާއި ގްރެޖުއޭޓްވާ ދަރިވަރުންނަށް ވަޒީފާގެ ފުރުސަތުތަށް ފަހިކޮއްދިނުން ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ބިނާކުރުމުގައި ޕޮލިޓެކްނިކުން ހިއްސާވުން ކަމަށެވެ.