1 month ago
އުރީދޫ މޯލްޑިވްސްގެ ކޯލް ސެންޓަރ އަށް އައި.އެސް.އޯ ސެޓްފިކެޓް ހާސިލުކޮށްފައިވާކަން އިއުލާނުކޮށްފިއެވެ.
މިއާއެކު ތާރީހީ ކާބިޔާބީއަކާއިއެކު އުރީދޫގެ ކޯލް ސެންޓަރ ވެގެން މިދިއަޔީ ރާއްޖޭގެ ފުރަތަމަ އައި.އެސް.އޯ ސެޓިފައިޑް ކޯލް ސެންޓަރަށެވެ. އަދި މި ސަރަހައްދުގެ ދެވަނަ އައި.އެސް.އޯ ސަޓިފައިޑް ކޮންޓެކްޓް ސެންޓަރަށެވެ.
މި މުހިންމު ސެޓިފިކޭޝަންގައި އުރީދޫގެ އިން-ހައުސް ކޯލް ސެންޓަރުގެ އޮޕަރޭޝަންތަކާއި ކްލައިންޓް ކޯލް ސެންޓަރުގެ މެނޭޖްމަންޓް ހިމެނޭއިރު، ފެންވަރު ރަނގަޅު ހިދުމަތާއި ކަސްޓަމަރުންގެ ހިތްހަމަޖެހުމާއި އޮޕަރޭޝަނަލް އެކްސެލެންސްއަށް އުރީދޫއިން ދޭ އަހައްމިއްޔަތުކަން ފާހަގަކޮށްލެވެއެވެ.
.އައި.އެސް.އޯ ސެޓްފިކޭޝަން ޕްރޮސެސް 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެށުނު އިރު، ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އިންޓަނޭޝަނަލް މިންގަނޑުތައް ތަންފީޒުކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ރަގަޅު ކުރެވޭނެ ގޮތްތައް ހޯދައި، އަދި އެސެސްމަންޓްތައް ކުރިއަށް ގެންދެވުނެވެ. މިކާމިޔާބީއިން ދައްކުވައިދެނީ، ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްތައް ގެންގުޅުމަށާއި، މަސައްކަތް ކުރުމުގައި ގެންގުޅޭ މިންގަނޑުތަކާއި، ކޯލް ސެންޓަރުގެ އޮޕަރޭޝަންތަކުގައި ކަސްޓަމަރުންގެ ތަޖުރިބާގެ ފެންވަރު ރަގަޅުކުރުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުން ގެންދާ މަސައްކަތްތަކެވެ.
މި ކާމިޔާބީއާއެކު އުރީދޫ މޯލްޑިވްސްއިން ވަނީ ރާއްޖޭގެ ކޯލް ސެންޓަރުތަކުގެ ކޮލިޓީއަށް އާ ބެންޗްމާކެއް ގާއިމްކޮށް، ކަސްޓަމަރުންނަށް ހިދުމަތުގެ ފެންވަރު ރަނގަޅުކަމުގެ ޔަގީންކަން ދީ، ޓެލެކޮމިއުނިކޭޝަންގެ ސަރަހައްދީ ލީޑަރެއްގެ މަގާމު އިތުރަށް ހަރުދަނާކޮށްފައެވެ. މި ސެޓްފިކޭޝަންގެ ސަބަބުން ކަސްޓަމަރުންނަށް އީޖާދީ ޚިދުމަތް ދިނުމުގައި އުރީދޫއިން ކުރަމުން އަންނަ މަސައްކަތުގައި ޔަގީންކަމުގެ އިތުރުން، ރާއްޖޭގެ ޑައިނަމިކް މާކެޓުގެ ކުރިއަރަމުން އަންނަ ޑިމާންޑްތައް ފުއްދުމަށް ޓަކައި ރެޒިލިއަންޓް އަދި ހައި ޕާރފޯމިން ސަރވިސް އިންފްރާސްޓްރަކްޗާއެއް ބިނާކުރުމަށް އެ ކުންފުނިން ދޭ އަހަންމިއްޔަތުފާހަގަކޮށްދެއެވެ.
މި ސެޓްފިކޭޝަންގައި ކޯލް ސެންޓަރ މެނޭޖްމަންޓްގެ މުހިންމު ހުރިހާ ކަމެއް ހިމެނޭއިރު، އޭގެ ތެރޭގައި ސަރވިސް އެފިޝަންސީ، ރެސްޕޮންސިބިލިޓީ، ކަސްޓަމަރުންގެ ހިތްހަމަޖެހުން، ޑޭޓާ ސެކިއުރިޓީ އަދި ސަރވިސް ރިލައިބިލިޓީ ހިމެނެއެވެ. މި ސަރޓިފިކޭޝަންގެ ސަބަބުން ކަސްޓަމަރުންނަށް އެންމެ ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް އުރީދޫއިން ކުރަމުން އަންނަ އަމާޒަށް އިތުރު ކުރިއެރުމެއް ލިބިގެންދާއިރު، މީގެން ދައްކުވައިދެނީ އެ ކުންފުނިން މިހާރު ވެސް ސާވިސް އެކްސަލަންސް އަށް ކުރާ މަސައްކަތެވެ.
އައި.އެސް.އޯ ސެޓްފިކޭޝަންގެ ދަށުން އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވަކިވަކި ކަސްޓަމަރުންނާއި ވިޔަފާރިތަކަށް އިތުބާރުކުރެވޭ ޕާޓްނަރެއްގެ ގޮތުގައި ހިމަނާފައިވާއިރު، ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އިން ކުރާ މަސައްކަތުގެ އަގު ވަޒަންކުރެއެވެ. އުރީދޫ މޯލްޑިވްސްއިން ޑިޖިޓަލް މޯލްޑިވްސްގެ ދަތުރު ކުރިއަށް ގެންދާއިރު، މި ސެޓިފިކޭޝަނަކީ ރާއްޖޭގެ ޓެލެކޮމް ދާއިރާއަށް ކުރިއެރުންތައް ހޯދުމުގެ ލެގަސީއަށް އިތުރުވި ޗެޕްޓަރެކެވެ.