ހދ. ނޮޅިވަރަމްގައި ޓޫރިޒަމާއި ޔުޓިލިޓީ ހިދުމަތް ފުޅާކުރުމަށް މަޝްވަރާކޮށްފިއެވެ.
ޓޫރިޒަމް އެންޑް އެންވަޔަރްމެންޓް މިނިސްޓްރީގެ ފަރާތުން މި މަޝްވަރާކުރައްވާފައިވަނީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދާއި އެރަށު ކައުންސިލްގެ މެންބަރުންނާއެކުގައެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްީ ރަށުގެ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ހުރި ފުރުސަތުތަކާއި ރަށުގެ އަލަށް އާބާދުވެފައިވާ ސަރަހައްދުތަކަށް ޔުޓިލިޓީ ހިދުމަތްތައް ފޯރުކޮށްދިނުމާ ބެހޭގޮތުން ކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.
މީގެއިތުރުން ރަށުގެ ފަތުރުވެރިކަން ތަރައްގީކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިކަމަށް ވިދާޅުވެއެވެ. އަދި ރަށުގެ އާބާދީ އިތުރުވަމުން އަންނަ ސަރަހައްދުތަކަށް ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މުހިންމުކަމާ ބެހޭގޮތުން ވެސް ވާހަކަދެއްކެވިކަަމަށް ހާމަކުރައްވައެވެ.
މިނިސްޓްރީން ވިދާޅުވީ މި ބައްދަލުވުމަކީ ސަރުކާރުން ރާއްޖޭގެ ރަށްތަކުގެ ތަރައްގީއަށް ދެމުންގެންދާ ސަމާލުކަމުގެ ތެރެއިން ބޭއްވި ބައްދަލުވުމެއްކަމަށެވެ. މިފަދަ މަޝްވަރާތަކުގެ ސަބަބުން ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ދެނެގަނެ، އެކަންކަން ހައްލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށް ވެސް މިނިސްޓްރީން އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.