ޚަބަރު ރާއްޖެ

ކުނި މެނޭޖުކުރުމުގެ ތަމްރީނަށް 14 ކައުންސިލަރުން އިންޑިއާ އަށް

ސޮނެވާ ނަމޫނާ ޕްރޮގްރާމުގައި ކުނި މެނޭޖުކުރުމުގެ ތަމްރީނު ދެނީ

ރާއްޖޭގެ 13 ރަށެއްގެ 14 ކައުންސިލް މުވައްޒަފުން ކުނި އަދި ވަސީލަތްތައް މެނޭޖްކުރުމުގެ ޓެކްނިކަލް ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް އިންޑިޔާއަށް ފުރައިފިއެވެ.

 

މި މުވައްޒަފުންނަކީ ޒޯން 2، 4 އަދި 5 ގެ ރަށްތަކުން ބައިވެރިވާ ފަރާތްތަކެވެ.

 

މުވައްޒަފުން ފުރުމުގެ ކުރިން، ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ނިޒާމް ވަނީ ބައިވެރިންނާ ބައްދަލުކޮށް، އެ ފަރާތްތަކަށް ހެޔޮ އެދުންތައް ފާޅުކޮށް، މި މުހިންމު ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް ބާރުއަޅުއްވާފައެވެ.

 

4 ދުވަހުގެ މި ޕްރޮގްރާމް ކުރިއަށްދާނީ އޭޕްރިލް 29 އިން މެއި 2 އަށް، އިންޑިޔާގެ އައި.ސީ.ޑަބްލިއު.އެމް.އާރު، ޓީ.އީ.އާރް.އައި ސްކޫލް އޮފް އެޑްވާންސްޑް ސްޓަޑީޒްގައެވެ. މި ތަމްރީނުން ބައިވެރިންގެ ކުނި މެނޭޖްކުރުމުގެ ހުނަރު އިތުރުވެ، އެ ފަރާތްތަކުގެ ރަށްތަކުގައި ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކުނި މެނޭޖްކުރުމަށް މަގުފަހިވެގެންދާނެއެވެ.

 

މި ތަމްރީނު ޕްރޮގްރާމަކީ ރާއްޖޭގެ ރަށްތަކުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ. މި ތަމްރީނުން ލިބޭ މައުލޫމާތާއި ތަޖުރިބާ ބޭނުންކޮށްގެން، ބައިވެރިވާ ރަށްތަކުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ރަށްރަށުގެ ތިމާވެށި ސާފުތާހިރުކޮށް ބެލެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށް އުންމީދުކުރެވެއެވެ.

 

 


  • އިންޑިއާ
  • އެންވަޔަރްމެންޓް މިނިސްޓްރީ
  • އެގްރިކަލްޗަރ މިނިސްޓްރީ
  • ކޮމެންޓް