ޚަބަރު ރާއްޖެ

އެމްސީސީގެ ސްޓާފް ނައިޓުގެ ހަދިޔާގެ ގޮތުގައި މީޤާތު ގްރޫޕުން އުމްރާދަތުރެއް

މީޤާތު ހައްޖު އެންޑް ޢުމްރާ ގްރޫޕުގެ އެމްޑީ އާއި މޭޔަރ އާދަމް އާޒިމް

މާލެ ސިޓީ ކައުންސިލް (އެމްސީސީ) ގެ ސްޓާފް ނައިޓުގެ ހަދިޔާގެ ގޮތުގައި މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާދަތުރެއް ހަދިޔާކޮށްފިއެވެ.

 

އެ ކައުންސިލުގެ ސްޓާފް ނައިޓު ބާއްވާފައިވަނީ މި މަހުގެ 18 ވީ ހުކުރު ދުވަހުގެ ރެއެވެ.

 

މީޤާތު ގްރޫޕުން 'އޮއިވަރު' އަށް ވިދާޅުވީ އެގްރޫޕުން ހަދިޔާކުރި އުމްރާ ދަތުރުގެ ނަސީބުވެރި ފަރާތާއި ކައުންސިލުގެ އިސްފަރާތްތަކާއެކު ބައްދަލުކޮށް، އެދަތުރާއި ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އިދާރީގޮތުން ކުރަންޖެހޭ ކަންކަން ވެސް ކުރަމުން އަންނަކަމަށެވެ.

 

މީގެއިތުރުން ދަތުރުގެ އަދާހަމަ އެފަރާތަށް ހިއްސާކުރަމުންދާނެ ކަމަށާއި ޝައިޚުންނާއެކު ބާއްވާ ބައްދަލުކުރެއްވުންތައް ވެސް ކުރިއަށްގެންދާނެ ކަމަށް ވެސް އެ ގްރޫޕުން ވަނީ ވިދާޅުވެފައެވެ.

 

މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން ފާއިތުވެދިޔަ ދުވަސްތަކުގައި ވަނީ އިޖުތިމާއީ ގޮތުން ވެސް ތަފާތު އެހީތައްވަމުން އަންނަ ގްރޫޕެކެވެ. އެގޮތުން ސްކޫލުތަކުގެ ކިޔެވުން ޒަމާނީ ކުރުމަށް ކުރަމުންދާ މަސައްކަތަށް ސްމާޓް ޓީވީ ހަދިޔާކުރުން ހިމެނެއެވެ.

 


  • މީޤާތު ޙައްޖު އެންޑް ޢުމްރާ
  • މާލޭ ސިޓީ ކައުންސިލް
  • ކޮމެންޓް