ޔޫތް އެމްޕްލޮއިމަންޓާއި ގުޅޭގޮތުން މަޢުލުމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.
މިއީ ނޭޝަނަލް ކެރިއަރ ސަރވިސެސް (އެންސީއެސް) ގެ ފަރާތުން ކުރިއަށްގެންދާ "ޒުވާނުންގެ ހޮޅުއަށި" ސެޝަންގެ ދަށުން ކުރިއަށްގެންދިޔަ ސެޝަނެކެވެ.
ސޯޝަލް ސެންޓަރުގައި ބޭއްވި މި ސެޝަންގައި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮއްދިނުމަށް އެންސީއެސްގެ ފަރާތުން ކުރަމުންދާ މަސައްކަތަކުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ.
އެގޮތުން ވަޒީފާ ހޯދުމަށް ގާއިމުކުރެވިފައިވާ ޕޯޓަލްއާއި ޒުވާނުންގެ ހުނަރުވެރިކަން އިތުރުކުރުމަށް ހުރި ތަމްރީނުގެ ފުރުސަތުތަކާއި ގުޅޭގޮތުން މި ސެޝަންގައި ވަނީ މައުލޫމާތު ހިއްސާކޮއްފައެވެ.
އެންސީއެސް އިން މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމަންޓް، އިންފޮރމޭޝަން އެންޑް އާރޓް އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ ސްކިލްސް ޑިވެލޮޕްމަންޓްގެ އެއްބާރުލުމާއެކު ކުރިއަށްގެންދިޔަ މި ސެޝަން އަކީ ވަޒީފާ ބޭނުންވެ، ވަޒީފާ ލިބިފައިވާ ނުވާ ޒުވާނުންނަށް ހާއްސަކޮށް ބޭއްވި ސެޝަނެކެވެ.
މީގެއިތުރުން ވެސް، މިފަދަ އެތައް ސެޝަންތަކެއް މާލެއާއި އަތޮޅުތަކުގައި ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.