އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބިނާކުރުމަށް ތަމްރީނު ހިންގުމަށް ފަހުމުނާމާއެއް

އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބިނާކުރުމުގެ ގޮތުން ތަމްރީނުތަށް ހިންގުމަށް އަމާޒުކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

 

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އާއި ސިމްޑީ ގްރޫޕާއި ދެމެދު ވެވުނު މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ އައިޝަތު ހިކްމާއެވެ. ސިމްޑީ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީސީނިއަރ މެނޭޖަރ ހިއުމަން ރިސޯސަސް އެންޑް ޑިވެލޮޕްމަންޓް އައިމިނަތު ޝައްފާއު އެވެ.

 

މެއި 4 ވަނަ ދުވަހު ސޮއިކުރި މި އެއްބަސްވުމުގެ މަގްސަދަކީ މަސައްކަތްތެރިންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސަސް (ސެއިލްސް) ޕްރޮޖެކްޓްގެ އެހީއާއެކު، ނޭޝަނަލް ކެރިއަރސް ސަރވިސް (އެންސީއެސް) މެދުވެރިކޮށް، ދަރިވަރުންނަށާއި، މަސައްކަތްތެރިންނަށް ފަޒީފާއާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮއްދިނުމެވެ.

 

އެގޮތުން ކެރިއަރ ގައިޑަންސް ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުމާއި، މަސައްކަތްތެރިން ވަޒީފާގެ ބާޒާރަށް ނެރުމަށްޓަކައި ތައްޔާރުކުރުމަށް ސިމްޑީ ގްރޫޕްގެ ދަށުން ހިންގާ އޮފީސްތަކާއި ވިޔަފާރި އައުޓްލެޓްތަކުގައި އެޕްރެންޓިސްޝިޕް އަދި އިންޓަރންޝިޕް ފުރުސަތުތައް ފަހިކޮށްދިނުމަށް ވަނީ ނިންމާފައެވެ. އަދި އެކަށީގެންވާ ފަރާތްތަކަށް ވަޒީފާ ދިނުމުގައި އެހީތެރިވެދިނުމާއި ވަޒީފާގެ މާހައުލުގައި ރަނގަޅު ކުރެވިދާނެކަންތައް ފާހަގަކޮށް ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވެސް ނިންމާފައި ވެއެވެ.

 

މީގެއިތުރުން މި އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތްތަކުގައި އަންހެނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކުރަން ބާރުއެޅުމަށް ހާއްސަކަން ދިނުމަށް ވަނީ އެއްބަސްވެފައެވެ.

 

 


  • ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ
  • ކޮމެންޓް