ސެއިލްސް ޕްރޮޖެކްޓުން އަޕްސްކިލިންގ ޕްރޮގްރާމްތައް ހުޅުވާލައިފި

ސެއިލްސް ޕްރޮޖެކްޓުން އަޕްސްކިލިންގ ޕްރޮގްރާމްތައް ހުޅުވާލައިފިއެވެ.

 

މިއީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ "ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބަރ ސަރވިސަސް" (ސެއިލްސް) މަޝްރޫއުގެ ދަށުން ފެށުމަށް ހަމަޖެހިފައިވާ އަޕްސްކްލިންގ ޕްރޮގްރާމުތަކެކެވެ.

 

އެގޮތުން ވޯލްޑް ބޭންކުގެ އެހީގައި ވިލާ ކޮލެޖު މެދެވެރިކޮށް ކުރިއަށްގެންދާ ގެސްޓްހައުސް މެނޭޖްމަންޓް ދާއިރާއިން ސެޓްފިކެޓް 3 ގެ ކޯހެއް މިހާރު ހުޅުވާލާފައިވާއިރު، މި ކޯހުގައި ބައިވެރިވަން ބޭނުންވާ ފަރާތްތަކުން ނެޝަނަލް ކެރިއަރސް ސަރވިސްގެ ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް ޕްރޮގްރާމްގައި މިހާރު ރަޖިސްޓްރީ ވެވޭނެއެވެ.

 

ޖުމްލަ 60 ފުރަސަތާއި އެކު ހުޅުވާލި މި ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ ވ. ފުލިދޫ، އއ. ތޮއްޑޫ އަދި ބ. ދަރަވަންދޫގައެވެ. މި ކޯހުގައި ބައިވެރިވާ ފަރާތްތަކުގެ ކޯސް ފީ ދައްކާ ދިނުމަށް ހަމަޖެހިފައިވަނީ މި ޕްރޮޖެކްޓުންނެވެ.

 

މީގެއިތުރުން މޭކަޕް އެންޑް ބިއުޓީ ކެއަރ ގެ ސެޓްފިކެޓް 3 ލެވެލްގެ ކޯހެއް، އެމް.އައި.ޓީ ގައި ގުޅިގެން ވަނީ މިހާރު ހުޅުވާލެވިފައެވެ. މި ކޯސް ކުރިއަށްދާނީ ޏ. ފުވައްމުލަކު އަދި އައްޑޫ ސިޓީގައެވެ. މި ކޯހަށް ޖުމްލަ 40 ފުރުސަތު ވަނީ ކަޑައަޅާފައެވެ.

 

ސެއިލްސް ޕްރޮޖެކްޓަކީ ރާއްޖޭގެ މަސައްކަތުގެ ބާޒާރުގައި ހަރަކާތްތެރިވާ ދިވެހިންނަށް، ވަޒީފާއަށް ބޭނުންވާ މުހިންމު ހުނަރުތައް ދަސްކޮށްދިނުމަށް މަގުފަހިކޮށްދިނުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހިން އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވާ ހިންގުމާއި، ވަޒީފާގެ ބާޒާރުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް މަސައްކަތްކުރުމާއި، ހާއްސައެހީއަށް ބޭނުންވާ ފަރާތްތައް ވަޒީފާގެ ބާޒާރުގައި އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވާ ހިންގުން ހިމެނެއެވެ.

 

ތަމްރީން ފުރުސަތްތަކުގެ އިތުރު މައުލޫމާތު ޖޮބް ސެންޓަރ ޕޯޓަލް www.jobcenter.mv އިން ލިބޭނެއެވެ.

 


  • ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ
  • ކޮމެންޓް