ޕީއެންސީ އިންތިހާބު: ގަލޮޅު ދެކުނު ދާއިރާ އަށް ހެޔޮ ބަދަލަކަށް އަފޫ

1 month ago

އަފްރާހް

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބު މި މަހު 23 ގައި ބޭއްވުމަށް ނިންމާފައިވާއިރު، އެކި ދާއރާތަަކަށް ވާދަކުރައްވާ ފަރާތްތައް އެކި މަންސަތަކުގައި އެކިގޮތްގޮތަށް ކެމްޕެއިން ކުރަމުން އަންނައިރު، ގަލޮޅު ދެކުނު ދާއިރާގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވާ ގ. ކިޔަވާގެ މުޙައްމަދު އަފްލާހު ނުވަތަ އަފޫ އަކީ އާދައިގެ ފަހުލަވާނެއް ނޫނެވެ.


ސްކޫލު ދައުރުން ފެށިގެން ވެސް ކުޅިވަރުގެ ދާއިރާގައި ހާއްސަކޮށް ކްރިކެޓްގައި ފާހަގަކޮށްލެވޭ ބެޓްސްމަން ވަނީ ކުލަބު ލެވެލްގައާއި ގައުމީ ލެވެލްގައި ކުޅުއްވާފައެވެ. އަދި ރާއްޖެއިން ބޭރުގައި ދިވެހި ގައުމު ތަމްސީލުކުރެއްވިއެވެ. އެގޮތުން ރާއްޖެއިން ބޭރަށް ދިޔަ އެންމެފުރަތަމަ ސްކޫލް ނެޝަނަލް ކްރިކެޓު ޓީމުގައި ހިމެނި، އެ މެޗުތަކުގައި ރަނގަޅު ކުޅުމެއް ވެސް ވަނީ ދައްކާފައެވެ.

މީގެއިތުރުން އާންމު ދިރިއުޅުމުގައި ވެސް ތަފާތު ހުނަރުވެރިއެކެވެ. އަދި ފަހުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާން ފެށުމާއެކު، އެ ދާއިރާގައި ވެސް އަންނަނީ ކާމިޔާބީތަކެއް ހޯއްދަވަމުންނެވެ.


އެގޮތުން ޕީއެންސީ އާ ގުޅިވަޑައިގެން އެ ޕާޓީގެ ސެނެޓުގައި ހަރަކާތްތެރިވާ، އަފޫ އަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ގެނައުމަަށް އެންމެބުރަކޮށް އަދި އެންމެގާތުން މަސަައްކަތްތަކެއް ކުރެއްވި އެއްފަރާތެެވެ.


ޓްރާންސްޕޯޓު މިނިސްޓްރީގެ ނައިބު ވަޒީފާ އަދާކުރައްވާ އަފޫ އަކީ ގަލޮޅު ދެކުނު ދާއިރާ އަށް އުފަންވެ، އުޅެބޮޑުވި، އެންމެން ދަންނަ، އަދި ތަޖުރިބާ ހުރި ފަރާތެކެވެ. އަދި އިހްލާސްތެރިކަމާއެކު ވަރުބަލިކަމެއް ނެތި ޢަމަލީގޮތުން އެންމެނާވެސް ގުޅިގެން މަސައްކަތް ކުރާނެ ފަރާތެއްކަން ވެސް ޔަގީނެވެ.


އަފޫ، ގަލޮޅު ދެކުނު ދާއިރާގެ ރައީސްގެ މަގާމަށް ކުރިމަތިލީ ސަބަބުތަކުގެ ތެރޭގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެކެލައްވަން ބޭނުންފުޅުވާ 'ދިވެހީންގެ ރާއްޖެ' އަކަށް ދާއިރާ ހެދުމަށެވެ. އަދި ދާއިރާގެ ރައްޔިތުންގެ ފުރިހަމަ ލޯތްބާއި ތާއީދު ހޯދައި، 2028 އަށް މުޅި ދާއިރާ ޕީއެންސީގެ ވަރުގަދަދާއިރާއަކަށް ހެދުމަށެވެ.


މީގެއިތުރުން ދާއިރާގެ އޮފީހެއް ގާއިމުކޮށް، 24 ގަޑިއިރު ރައްޔިތުންނާ ގުޅިގެން ދާއިރާގެ މައްސަލަތަކަށް ހައްލު ހޯދައި، ޑާޓާ ކަލެކްޓުކޮށް، ހައްލު ހޯދުމަށް ޕްލޭނެއް އެކުލަވައިލުމަށް ވެސް އަފޫ ވަނީ ނިންމާފައެވެ. އަދި 2028 ވަނަ އަހަރަށް އެކަން ކަށަވަރުކުރުމަށްފަހު، އެކަންކަމަށް ހައްލު ހޯދައިދިނުމަކީ ވެސް އަފޫގެ އަމާޒެކެވެ.


އެހެންކަމުން ޕީއެންސީގެ ގަލޮޅުދެކުނު ދާއިރާގެ ރައީސްގެ މަގާމަށް އަފޫ އަކީ 'އެންމެ ކުފޫ' ހަމަވާ ފަރާތްކަމާމެދު ޝައްކުކުރާނެ މީހަކު އެ ދާއިރާގައި އަދި އަފޫ ދަންނަ އެއްވެސް މީހަކު ދެބަސްނުވާނޭކަން ޔަގީނެވެ.


ކިޔުންތެރިންގެ ހިޔާލު