ފުރަތަމަ ޑިގްރީ ސްކީމާއި ސްކޮލަރޝިޕަށް ކިޔެވުމަށް މިއަހަރު 55،517،650.23 ރުފިޔާ

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ފުރަތަމަ ޑިގްރީ ސްކީމް އަދި ސްކޮލަރޝިޕް ސްކީމްތަކުގެ ދަށުން 9000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަކަމުގައި އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައިފިއެވެ.

 

އެގޮތުން ޖުމްލަ 9،044 ދަރިވަރުން މި ވަގުތު މަތީ ތައުލީމު ހާސިލުކުރަމުން އަންނަކަމަށް ދައްކައެވެ. ސްކޮލަޝިޕް ސްކީމްތަކުގެ ދަށުން ޖުމްލަ 717 ދަރިވަރުންނަށް މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމުގެ ފުރުސަތު ދީފައިވާއިރު، މި އަހަރު މިހާތަނަށް ސްކޮލަރޝިޕްގެ ދަށުން ކިޔެވުން ފަށާފައިވަނީ 25 އަންހެން ދަރިވަރުންނާއި 9 ފިރިހެން ދަރިވަރުން ކަމަށް ވެސް ދައްކައެވެ.

 

މީގެއިތުރުން މިއަހަރު މި ސްކީމްގެ ދަށުން މިހާތަނަށް ޖުމްލަ 55،517،650.23 ރުފިޔާ ދަރިވަރުންނަށް ދޫކޮށްފައިވާ ކަމަށް ވެސް ދައްކައެވެ.

 

ފުރަތަމަ ޑިގްރީ ސްކީމްގެ ދަށުން ޖުމްލަ 8،327 ދަރިވަރުން ދަނީ މި ވަގުތު ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ އެކި މަރުކަޒުތަކުން ތަމްރީނާއި މަތީ ތައުލީމު ހާސިލުކުރަމުންނެވެ. މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ފުރަތަމަ ޑިގްރީ ސްކީމްގެ ދަށުން 5،258 އަންހެން ދަރިވަރުންނާއި 3،069 ފިރިހެން ދަރިވަރުން ދަނީ މަތީ ތައުލީމު ހާސިލުކުރަމުންނެވެ. އަދި މި އަހަރު މި ސްކީމްގެ ދަށުން މިހާތަނަށް ޖުމްލަ 51،725،772.26 ރުފިޔާ ވަނީ ދަރިވަރުންނަށް ދޫކުރެވިފައެވެ.

 


  • ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ
  • ކޮމެންޓް