މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑިއޭ) އަދި ކޮންސްޓްރަކްޝަން ސެކްޓަރ ކައުންސިލްގެ މެމްބާރުންނާއި ދެމެދު ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑްތަކާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިއީ "ރިނިއުއަބަލް އެނަރޖީ އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސް (ސޯލަރ ޕީވީ)" އިން ނޭޝަނަލް ސެޓްފިކެޓް ލެވެލް 3 ފަރުމާކުރުމުގައި، އެމްއެންއެސްޑީއޭގެ ފަރާތުން ކަނޑައަޅަންޖެހޭ ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑްތަށް ކަނޑައެޅުމަށް ބޭއްވުނު ބައްދަލުވުމެކެވެ.
އެގޮތުން ރާއްޖޭގެ ރިނިއުއަބަލް އެނަރޖީ ދާއިރާ އިން ތަމްރީނު ހާޞިލުކުރުމުގެ ފުރުޞަތުތަށް ޤައުމީ ފެންވަރުގައި ފޯރުކޮއްދިނުމާއި އެ ދާއިރާއަށް ނިކުންނަ ޒުވާނުންނަކީ އެ ދާއިރާއަށް ބޭނުންވާ ހުނަރާއި ޤާބިލްކަން ލިބިފައިވާ ޒުވާނުންކަން ކަށަވަރުކުރުމަށް ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑްތަކުގައި ހިމަނަންޖެހޭ ކަންކަމާއި ގުޅޭތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ.
މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑިއޭ) އަކީ ގާނޫނުގެ ދަށުން، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ (ޓިވެޓް) ޕްރޮގްރާމްތައް ކުރިއަށްގެންދިޔުމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަމާއި ބެހޭ ވުޒާރާގެ ދަށުން ސަރުކާރުގެ ފަރާތުން ގާއިމުކުރެވިފައިވާ އިދާރާއެކެވެ.