![](/assets/img/janavaaru-default-logo.png)
1 month ago
ލުންނާނުގެ އަޚުންނާއި އުޚުތުންނާއެކުގައި ރާއްޖެ އަބަދުވެސް ދެމި އޮންނާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މި ޔަގީންކަން ދެއްވީ އެގައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ، ލުބްނާނުގެ ބޮޑުވަޒީރު މުޙައްމަދު ނަޖީބު ޢަޒްމީ މީޤާތީއަށް ފޮނުއްވި މެސެޖުގައެވެ.
އެ މެސެޖުގައި ލުބުނާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ހެޔޮއެދުންތައް ވަނީ ފޮނުއްވާފައެވެ.
މީގެއިތުރުން ޒަމާނުއްސުރެ ދެ ގައުމުގެ މެދުގައި އޮތް އަޚުވަންތަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވެސް ވިދާޅުވެފައިވެއެވެ. އަދި ގައުމުގެ މިނިވަން ދުވަސް އައިސް ބައްދަލުކުރި މި ދަނޑިވަޅަކީ ލުބްނާނަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއް ކަމުގައި ފާހަގަކުރައްވާފައި ވެއެވެ.
ހަމަިއާއެކު އެ ގައުމުގެ އަޚުންނާއި އުޚުތުންނާއެކުގައި ރާއްޖެ އަބަދުވެސް ދެމި އޮންނާނެ ކަމުގެ ޔަގީންކަން، ވެސް ވަނީ ދެއްވާފައެވެ.
ރައީސްގެ މެސެޖުގައި ލުބްނާނުގެ ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެން، އެ ގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައިވެއެވެ.