ބ. މާޅޮހުގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެންވަޔަރްމެންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް އާއެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ބ. ހިތާދޫ ދާއިރާގެ މެމްބަރު މުޙައްމަދު ސިރުހާން އާއި ބ. މާޅޮހު ކައުންސިލް މެންބަރުން މިނިސްޓަރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި އެރަށުގެ ގޮނޑުދޮށް ގިރުމުގެ މައްސަލައާއި ޓޫރިޒަމް ޒޯނަށް ޔުޓިލިޓީ ހިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ. އަދި އެރަށުގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމާއި، އެ ރަށުގެ ޓޫރިޒަމް ޒޯނަށް ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވިފައި ވެއެވެ.
އެރަށު ކައުންސިލުން ވަނީ ގޮނޑުދޮށް ގިރުމަކީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި ޓޫރިޒަމް ޒޯނަށް ޔުޓިލިޓީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ރަށުގެ އިގްތިސާދީ ކުރިއެރުމަށް ވަރަށް މުހިންމު ކަމެއްކަމަށެވެ.
މިނިސްޓަރި ޠާރިޤް ވަނީ މި ކަންކަމަށް އަވަސް ހައްލެއް ހޯދައިދެއްވުމަށް މަސައްކަތް ކޮއްދެއްވާނެކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ބ. މާޅޮހު ކައުންސިލްގެ ރައީސް އާއި ބައެއް މެމްބަރުންނާއި މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.