މަސައްކަތްތެރިކަމުގެ ދާއިރާތައް ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އާއި މޯލްޑިވިސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ދެމެދު ބޭއްވި މި ބައްދަލުވުމުގައި އިންސްޓިޓިއުޓް ރަޖިސްޓްރީ ކުރުމާއި އެމްއެންއެސްޑީއޭގައި އެކި ޓިވެޓް ޕްރޮގްރާމްތަށް ރަޖިސްޓްރީކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މީގެއިތުރުން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި ނޭޝަނަލް ޓްރޭޑް ޓޭސްޓިންގ ސެޓިފިކޭޝަން ކުރިއަށްގެންދިޔުމާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން ދެ އިދާރާ މެދުވެރިވެ، އެމްއޭސީއެލްގެ މުވައްޒަފުންނާއި އެ ކުންފުނިން މިހާރު މަސައްކަތް ކުރަމުންދާ ދާއިރާތަކުން ތަމްރީނުވުމަށް ޝައުގުވެރިވާ ޒުވާނުންނަށް ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮއްފައެވެ.
(އެމްއެންއެސްޑީއޭ އާއި އެމްއޭސީއެލް ފަދަ މަސައްކަތްތެރިކަމުގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރަމުންދާ ކުންފުނިތަކާއި ގުޅިގެން ކުރިއަށްގެންދާ މިފަދަ މަސައްކަތްތަކަކީ ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން ގާބިލް، ހަރުދަނާ ޒުވާނުން ބިނާކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.