މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ސެކެޓަރީ ޖެނެރަލް މަގާމުން ސަސްޕެންޑްކޮށްފައިވާ މަރިޔަމް ޒީނިޔާ އަށް ނޭނގޭނެކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އިތުބާރުހުރި މަސްދަރަކުން 'އޮއިވަރު' އަށް މައުލޫމާތުދެމުން ބުނީ އެ ޕެޓިޝަނުގެ އެއްވެސް މައުލޫމާތެއް ސެކެޓަރީ ޖެނެރަލް އެނގިފައި ނުވާނެ ކަމަށެވެ. އަދި އެ ޕެޓިޝަނަކީ ކޮމިޝަންގެ އިދާރީ މުވައްޒަފުން ކުރަމުންއަންނަ މަސައްކަތަށް ކޮމިޝަންގެ ރައީސް އާއި މެންބަރުން ނުފޫޒް ފޯރުވަމުން އަންނާތީ ހުށައެޅި ޕެޓިޝަނެއް ކަމަށެވެ.
މީގެއިތުރުން ގާނޫނާއި ގަވާއިދާއި ހެދިފައިވާ އުސޫލުތަކުން ބޭރުން ކަންކަން ކުރުމަށް ބާރުއަޅައި ބިރުދައްކާތީ ލާފައިވާ ޕެޓިޝަނެއް ކަމަށާއި މިބީދައިން ކަންކަންދާތީ މަސައްކަތުގެ މާހައުލު ބިރުވެރިކޮށް ފެންނަމުންދާ ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.
"އެސްޖީ މަގާމުން ސަސްބެންޑްކުރުމަކީ މުވައްޒަފުނަނަށް ބިރު ދެއްކުމަށް ކުރިކަމެއް. އެކަން ބަލައިނުގަންނަން."
ޒީނިޔާ އާއި ގުޅޭ މައްސަލައެއް ބަލަމުންދާކަމަށް ބުނެ އޭނާ ސަސްޕެންޑްކުރަން ނިންމީ މިއަދު އެ ކޮމިޝަނުން ކުރިޔަށްގެންދިޔަ ބައްދަލުވުމެއްގައެވެ. އަދި އޭނާ ސަސްޕެންޑްކޮށްފައިވަނީ ތިން ދުވަހުގެ މުއްދަތަކަށެވެ.
އޭނާ ސަސްޕެންޑުކުރީ ކޮމިޝަންގެ ނިންމުންތަކަށް އެއްބާރުލުން ނުދޭތީ އާއި ކޮމިޝަނަށް އިހުތިރާމް ނުކުރާތީ ކަމަށް ބުނެއެވެ.
ބްރޯޑްކޮމް އިން ޒީނިޔާ ސަސްޕެންޑްކޮށްފައި މިވަނީ އެ ކޮމިޝަންގެ މެންބަރުންނާ މެދު ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށް އެތަނުގެ މުވައްޒަފުން މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައިވަނިކޮށެވެ. އެ ޕެޓިޝަންގައި އެސްޖީ ޒީނިއާ އާއި ޑިރެކްޓަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތަކަށް ކޮމިޝަނުގެ ރައީސްއާއި ބައެއް މެމްބަރުންގެ ފަރާތުން ހުރަސް އަޅަމުންދާކަން ފާހަގަކޮށްފައިވެއެވެ.
ހަމަމިއާއެކު ކޮމިޝަންގެ މެންބަރުން މުވައްޒަފުން މެދުވެރިކޮށް އިދާރީ ވެރިންނަށް ފާރަލުމާއި، ޒާތީވެ ނަފްސާނީ ގޮތުން ގޯނާކުރުން ހުއްޓާލުމަށް މުވައްޒަފުން ވަނީ މަޖިލީހަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައެވެ. އަދި މުވައްޒަފުންނާ ގުޅުންހުރި ކަންކަން ނިންމުމުގައާއި އެހެނިހެން މަސައްކަތްތައް ކުރުމަށް އެކުލަވާލާފައިވާ ކޮމިޓީތަކުން ނިންމާ ނިންމުންތަކަށް، ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް އިހްތިރާމްކުރުމަށް ވެސް މުވައްޒަފުން ވަނީ އެދިފައެވެ.