4 weeks ago
އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދާ ސައިކަލް ޕްރޮމޯޝަންގެ މިފަހަރުގެ ނަސީބުވެރިޔަކަށް ރ. މީދޫ، ރިއުމާން މުހައްމަދު ހޮވިއްޖެއެވެ.
މިއީ ކޮންމެ ތިން ދުވަހަކުން ސައިކަލެއް ލިބޭ މި ހާއްސަ ޕްރޮމޯޝަންގައި ރިއުމާން އަކީ 17 ވަނަ ނަސީބުވެރިޔާއެވެ. އެ ސައިކަލާ ހަވާލުވީ ރިއުމާންގެ ފަރާތުން ތުހުފާ ހަމީދެވެ. ރިއުމާން އަށް އުރީދޫއިން ދީފައި ވަނީ އެއާބްލޭޑު 160 ގެ ކަޅު ކުލައިގެ ސައިކަލެކެވެ.
އުރީދޫ ކަސްޓަމަރުން 250 ގެ ޕްރިޕެއިޑް ރީޗަރޖު ކޮށްގެން ނުވަތަ ޕޯސްޓްޕެއިޑް އަދި ސުޕަރނެޓް ބިލު ދައްކައިގެން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. އަދި ޑޭޓާ ޕެކޭޖެއް އެކްޓިވޭޓް ކޮށްގެން ވެސް ބައިވެރި ވެވޭނެއެވެ.
މީގެއިތުރުން އުރީދޫގެ އައު ކަސްޓަމަރެއް ނަމަ، އެ ކުންފުނީގެ ހިދުމަތެއް ހޯދުމަށް 400 ރުފިޔާ ހަރަދު ކުރުމުން ވެސް ބައިވެރި ވެވޭނެއެވެ.
މި ޕްރޮމޯޝަންގައި އެއަރ ބްލޭޑް 26 ސައިކަލާއި ތިން ޕީސީ އެކްސް ދިނުމަށް ހަމަޖެހިފައި ވެއެވެ. މުޅި ޕްރޮމޯޝަންގެ އެންމެ އަގުހުރި އިނާމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހޮންޑާ ރެބެލް ސައިކަލެކެވެ.
މިއަހަރުގެ ޑިސެމްބަރ 31 ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން ޖުމްލަ 30 ސައިކަލު ދިނުމަށް ވަނީ ނިންމާފައެވެ.