ނޭޕާލްގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނޭޕާލްގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައީސް ހިޒް އެކްސެލެންސީ ރާމްޗަންދްރަ ޕޯޑެލްއަށާއި ބޮޑުވަޒީރު ހިޒް އެކްސެލެންސީ ކޭ.ޕީ. ޝަރްމާ އޮލީއަށް، ތަހުނިޔާ ފޮނުއްވާފައެވެ.

 

އެގައުމުގެ ރައީސާއި ބޮޑުވަޒީރަށް ވަކިވަކީން ފޮނުއްވި ސިޓީފުޅުތަކުގައި ޖުމްހޫރީ ދުވަހުގެ ތަހުނިޔާ، އެ މަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ފޮނުއްވާފައިވެއެވެ. އަދި ދެގައުމުގެ މެދުގައި އޮތް އަޚްވަންތަކަމުގެ ގުޅުން ފާހަގަކުރައްވައި، ކުރިއަށް އޮތް އަހަރުތަކުގައި ދެގައުމުގެ ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ގޮތެއްގައި މި ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާފައިވެއެވެ.

 

ރައީސްގެ މެސެޖުގައި ރާއްޖޭގައި ދިރިއުޅޭ ނޭޕާލް ރައްޔިތުންގެ އަގުހުރި ހިއްސާ ފާހަގަކުރައްވައި، ގައުމުގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީގައި އެބައިމީހުންގެ މުހިންމު ދައުރު ފާހަގަކުރައްވާފައިވެއެވެ.

 

މީގެއިތުރުން ނޭޕާލްގެ ރައީސާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އެގައުމަށާއި އެގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.

 


  • ނޭޕާލް
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް