ރައީސް ޑރ. މުއިއްޒުގެ ސިޔާސަތު ރައްޔިތުން ވަނީ ބަލައިގެންފަ: އަބްދުއްރަހީމް

1 month ago

އަފްރާހް

ރާއްޖޭގެ ރައްޔިތުން މިހާރުވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު އާއި ޕީއެންސީގެ ޕާޓީގެ ސިޔާސަތުތައް ބަލައިގަނެފައިވާކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާރސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވި ޕީއެންސީގެ އެތެރޭގެ އިންތިޙާބުގެ ކަންކަން ބައްލަވާލެއްވުމަށް ދަރުބާރުގެއަށް ވަޑައިގެން މީޑިއާއާ ވާހަކަ ދައްކަވަމުންނެވެ.


މަޖިލިސް ރައީސް ވިދާޅުވީ ޕީއެންސީ ވެރިކަމަށް އައިރު ތިބީ 3022 މެންބަރުން ކަމަށާއި ނަމަވެސް އެ ޕާޓީގައި 100،000 މެންބަރުން މިހާރުއެބަތިބި ކަމަށެވެ.


"މިހާހިސާބަށް މިދިޔައީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސިޔާސަތު ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަތީމަ. ޕާޓީ ހިންގުމުގައި އެމަނިކުފާނު ގެންގުޅުއްވާ އުސޫލްތައް ހަރުދަނާވީމަ." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.


މީގެއިތުރުން ޕާޓީ ވަރުގަދަ ކުރުމަށް ރައީސް ޑރ. މުޢިއްޒު ވަރަށް އިސްކަންދެއްވާ ކަަމަށާއި އެއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮތްގޮތުން ވެރިކަމަށް ވަޑައިގަންނަވަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކަމަށްވާތީ، މި ނިޒާމުގައި އެންމެ ބާރުގަދަ އެއް ފަރާތަކަށް ސިޔާސީ ޕާޓީ ވާންޖެހޭނެކަން ވަނީ ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު