ރާއްޖޭގެ ވެރިކަން ކުރުމުގެ ވިސްނުމެއް ކުރިންވެސް މިހާރުވެސް ނެތް: އަބްދުއްރަހީމް

1 month ago

އަފްރާހް

ރާއްޖޭގެ ވެރިކަން ކުރުމުގެ ވިސްނުމެއް ކުރިންވެސް މިހާރުވެސް ނެތް ކަމުގައި ޕީއެންސީގެ ޗެއަރޕާރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ނިމުން ފާހަގަކުރުމަށް އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.


އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ކުރިމަތިލުމާއިމެދު، ދެއްވަން އޮތީ ކުރީންވެސް އެތައްފަހަރަކު ދެއްވި ޖަވާބު ކަމަށެވެ.


"އަޅުގަނޑުގެ އެ ވިސްނުން ބަދަލުވާނެ އެއްވެސް ހާލަތެއް ނާންނާނެ." އަދުރޭ ވިދާޅުވިއެވެ.


އެހެންނަމަވެސް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒުއަށް ކާމިޔާބު ކޮށްދެއްވުމަށް މިހާރުން ފެށިގެން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށާއި އެކަން ކާމިޔާބުވާނޭކަމާއިމެދު ޝައްކެތް ނުކުރައްވާކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން ރައީސް ޑރ. މުއިއްޒުއާއި އަބްދުއްރަހީމްއާ ދެމެދު އޮތް ގުޅުމާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން އަންނާތީ، އެކަމަށް އިޝާރާތްކުރައްވައި ވިދާޅުވީ އެގުޅުން ކުރިއަށްވުރެ މިހާރު މާރަނގަޅުވެފައި ބަދަހި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު