މުޅި ރާއްޖެއަށް ހުޅުވާލައިގެން ޕެނަލްޓީ ޖެހުމުގެ މުބާރާތެއް

މުޅި ރާއްޖެއަށް ހުޅުވާލައިގެން ޕެނަލްޓީ ޖެހުމުގެ މުބާރާތެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

 

ސްޕޯޓްސް އިވެންޓް ޕްލޭނަރ ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތައި ގުޅޭގޮތުން 'އޮއިވަރު' އަށް މައުލޫމާތު ދެއްވަމުން އެފަރާތުން ވިދާޅުވީ މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ޖޫން 20 ވަނަ ދުވަހު ކަމަށެވެ. އަދި ކުޅުމަށް ނިންމާފައިވަނީ މާފަންނުގައި އޮންނަ ލެގޫންސް ޓަރފް ދަނޑުގައި ކަމަށެވެ.

 

މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މުބާރާތަކަށް ވާތީ، ދިވެހީންނަށާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ވެސް ބައުވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް 9471522 އަށް ގުޅުމަށް ވަނީ އެދިލައްވާފައެވެ.

 

މީގެއިތުރުން ސްޕޯޓްސް އިވެންޓް ޕްލޭނަރ ގެ މީސްމީޑިއާގެ އެކި މަންސަތަކުން ވެސް މި މުބާރާތާއިބެހޭ މައުލޫމާތު ހިއްސާކުރަމުންދާނެއެވެ.

 

ސްޕޯޓްސް އިވެންޓް ޕްލޭނަރ އިން ދާދިފަހުން ވަނީ 'ގަނޑިޔަ ހިންނަވަރު' ގެ ނަމުގައި ތްރީ އޮން ތްރީ ސްޓްރީޓް ފުޓްބޯޅަ މުބާރާތެއް ވެސް ކާމިޔާބުކަމާއެކު ބާއްވާފައެވެ. މެއި 16 ވަނަ ދުވަހު ބޭއްވި މި މުބާރާތުގައި 16 ޓީމަކުން ވާދަކޮށްފައި ވެއެވެ.

 

އެމުބާރާތަކީ މުޅީންވެސް ހިންނަވަރަށް ނިސްބަތްވާ ކުޅުންތެރިންގެ ޓީމުތަކަށް ހުޅުވާލައިގެން ބޭއްވި މުބާރާތެކެވެ. މަގްސަދަކީ އެފަރާތްތަކުގެ ހުނަރު ދައްކާލާ، އެކުވެރި އަދި މަޖާ މާހައުލަކުން ރަށުގެ ރައްޔިތުން ބައްދަލުވެ ވަގުތުކޮޅެއް ހޭދަކޮށްލަން ފުރުސަތު ދިނުމެވެ. އަދި ރަށުގެ މީހުން އެއްތަނަކަށް ޖަމާވެ، ކުޅިވަރުގެ ތެރެެއިން އެކުވެރި، އުފާވެރި މާހައުލެއް ގާއިމުކޮށްދިނުމަކީ ވެސް މި މުބާރާތުގެ މަގްސަދެކެވެ.

 

މި މުބާރާތުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރގެ ގޮތުގައި ހަރަކާތްތެރިވާނީ 'އޮއިވަރު' އެވެ.

 

 


  • ސްޕޯޓްސް އިވެންޓް ޕްލޭނަރ
  • ހިންނަވަރު
  • ކޮމެންޓް