1 month ago
2028 ވަނަ އަހަރު ބާއްވާ ރާއްޖޭގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާރސަން އަލްއުސްތާޛު ފައްޔާޟު އިސްމާއިލް ނިންމަވައިފިއެވެ.
ފައްޔާޟު މިކަން ހާމަކުރެއްވީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.
އެ މެސެޖެއްގައި ވިދާޅުވެފައިވަނީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ ކަމަށާއި ހުރިހާ ބޭފުޅުން ސަޕޯޓްކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ފައްޔާޟު މިކަން ހާމަކުރައްވާފައި މިވަނީ އެޕާޓީން، ރާއްޖޭގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަަށް ފަސްވަރަކަށް ބޭފުޅުން ތިއްބެވިކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިހު ވެސް ހާމަކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
އެހެންނަމަވެސް ރިޔާސީ ރޭހުގައި ވާދަކުރުމުގެ ޓިކެޓަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހައިތަނަށް އިއުލާންކުރައްވާފައިވަނީ ފައްޔާޟު އެކަންޏެވެ.