އޭ.އެމް.އޭ ސްކޫލް އޮފް މެޑިސިން (އޭ.އެމް.އޭ.އެސް.އޯ.އެމް)ގެ އެމް.ބީ.ބީ.އެސް ސްކޮލަރޝިޕަށް ދިވެހި ދަރިވަރުން ހޮވުމުގެ މަރުހަލާތަކާއި އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއެކު ބޭއްވި މި ބައްދަލުވުމުގައި ފިލިޕީންސްގެ އޭ.އެމް.އޭ.އެސް.އޯ.އެމްގެ ފަރާތުން ފޯރުކޮއްދޭ ސްކޮލަރޝިޕް ފުރުސަތުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އެގޮތުން އޭ.އެމް.އޭ ސްކޫލް އޮފް މެޑިސިންގެ ސްކޮލަރޝިޕްގެ ފުރުސަތުތަކަށް ދަރިވަރުން ހޮވުމުގައި އިސްކަން ދޭންޖެހޭ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.
އެ މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައިސްޓޭޓް މިނިސްޓަރ ޑރ. އަބްދުޢްރަހީމް ޙަސަން، ޑެޕިއުޓީ މިނިސްޓަރ، އައިމިނަތު ނަދާ މުޙައްމަދު، ޑައިރެކްޓަރ ޖެނެރަލް މަރްޔަމް މުޙައްމަދު އަދި ސްކޮލަރޝިޕް ސެކްޝަންގެ ޑިރެކްޓަރ، އަޙްމަދު ރިޒާ ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.
މީގެއިތުރުން އޭ.އެމް.އޭ.އެސް.އޯ.އެމް ތަމްސީލުކުރައްވައި ބައިވެރިވެވަޑައިގަންނަވައިފައިވަނީ ޑައިރެކްޓަރ އޮފް އެކްޓަރނަލް އެފެއަރސް އަޔުޝްމާ ރަނާ ޝާހެވެ.