ޕޮލިޓެކްނިކްގެ ޖެނުއަރީ އިންޓޭކްގައި ހިލޭ ތަމްރީނުވުމުގެ ފުރުސަތު!

1 month ago

އަފްރާހް

މޯލްޑިވިސް ޕޮލިޓެކްނިކްގެ އަންނައަހަރުގެ ޖެނުއަރީ އިންޓޭކްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.


އެކި ލެވެލްގެ އެތައް ކޯސްތަކަކާއިއެކު، އެއްވެސް ކޯސް ފީ އަކާއި ނުލައި މުޅިން ހިލޭ ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކޯސްތަކަކީ މަސައްކަތްތެރިކަމުގެ ދާއިރާތަކަށް ނިކުތުމަށް ޝައުގުވެރިވާ ޒުވާނުންނަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ކޯސްތަކެކެވެ.


އެގޮތުން އާޓިޓެކްޗަރ، އޮޓޯމޭޓިވް އިންޖީނިއަރިންގ، ސިވިލް އިންޖީނިއަރިންގ، އިލެކްޓްރިކަލް އިންޖީނިއަރިންގ، އިންޖީން ރިޕެއަރ އެންޑް މެއިންޓެނެންސް ކޯސްތަކަށް ވަނުމުގެ ފުރުސަތު ވަނީ ހުޅުވައިލާފައެވެ. އަދި ޕްރޮގްރާމިންގ، ވެލްޑިންގ، ކޭކް ޑެކޮރޭޝަން، ޕޮޓޯގްރަފީ، ކާޕެންޓްރީ ނުވަތަ ވަޑާންކުރުން ފަދަ ދާއިރާތަކުން ވެސް ތަމްރީނުވުގެ ފުރުސަތު ހުޅުވާލާގފައި ވެއެވެ.


ސެޓްފިކެޓް އެކަކުން ފެށިގެން ޑިޕްލޮމާ ފެންވަރުގެ ކޯސްތައް ހިމެނޭހެން ތަފާތު ދާއިރާތަކުން ހިލޭ ތަމްރީނުވުމަށް ހުޅުވާލެވިފައިވާ ކޯސްތަކަށް ހުށަހެޅުމުގެ ސުންގަޑި އަކީ 15 ޑިސެންބަރު ވާ އާދިއްތަ ދުވަހެވެ.


ޖެނުއަރީ އިންޓޭކް 2025 ގެ ކޯސްތަކަށް ހުށަހެޅުމަށް: https://docs.google.com/forms/d/e/1FAIpQLSdc8tu_UnM5Tl7FIbQbLCb6OrJja7NenTn2_tntKQCx_4GPLw/viewform


ކިޔުންތެރިންގެ ހިޔާލު