އެސްޓީއޯގެ ފާމަސީތައް މާދަމާ ބަންދުވާނެ

4 months ago

އަފްރާހް

ސްޓޭޓް ޓްރޭޑީންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފާމަސީތައް މާދަމާ ބަންދުވާނެކަމަށް އެ ކުންފުނިން ހާމަކުރައްވައިފިއެވެ.


އެ ކުންފުނިން ވިދާޅުވީ ފާމަސީތައް ބަންދުކުރަނީ އެސްޓީއޯގެ ބޭސްފިހާރަތަކުގައި ބޭނުންކުރާ ސޮފްޓްވެއަރ އަށް ބަދަލުތަކެއް ގެންނަން ޖެހޭތީ ކަމަށެވެ. އަދި މިއީ ބޭސްފިހާރަތަކުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ކުރަމުން އަންނަމަސައްކަތުގެ ދަށުން ކުރާ މަސައްކަތެއް ކަމަށް ވެސް ވިދާޅުވިއެވެ.


އެސްޓީއޯ އިން ވިދާޅުވީ ފާމަސީތައް ބަންދުކުރިނަމަވެސް އިމަޖެންސީ ހާލަތްތަކުގައި ބޭސް ލިބޭނެ ގޮތްތައް ހަމަޖައްސަވާނެ ކަމަށެވެ.


އެކުންފުނިން 190 ފާމަސީ ރާއްޖޭގެ އެކި ރަށްރަށުގައި ގެންދަނީ ހިންގަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު