ފަލަސްތީނަށް އެހީވުމަށް ފައިސާ ހޯދުމުގެ ހަރަކާތެއް

ފަލަސްތީނަށް އެހީވުމަށް ފައިސާ ހޯދުމުގެ ހަރަކާތެއް ބާއްވައިފިއެވެ.

 

މިއީ އިސްރާ ޖަމްއިއްޔާ އާއި މީގާތު ހައްޖު އެންޑް އުމްރާ ގްރޫޕު ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މާލޭގެ އެކިސަރަހައްދުތަކުގައާއި ހުޅުމާލޭގެ އެކި ސަރަހައްދުގައި ފަންޑުފޮށި ބަހައްޓައިގެން ބޭއްވި މި ހަރަކާތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

 

އިސްރާ ޖަމްއިއްޔާ އަކީ އާންމުންނަށް ދީނީ ހޭލުންތެރިކަން އޮޅުންފިލުވައިދީ، ދީނީ ކަންކަމުގައި ފަހިމަގު ދައްކަމުން އަންނަ ޖަމްއިއްޔާއެކެވެ. މީގާތު ހައްޖު އެންޑް އުމްރާ ގްރޫޕަކީ އުމްރާ އަށް މީހުން ގެންދިއުމުގެ އިތުރުން ދީނީ ހޭލުންތެރިކަން އިތުރުކުުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ބައެކެވެ.

 


  • މީޤާތު ޙައްޖު އެންޑް ޢުމްރާ
  • ފަލަސްތީން
  • ކޮމެންޓް