މަގޭ ސާފު ރާއްޖެ ގައުމީ މަހާސިންތާގެ ތައްޔާރީތައް ރަސްމީކޮށް ފަށައިފި

"މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2025" ގެ ތައްޔާރީތައް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

 

ގައުމީ ފެންވަރުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މި މަހާސިންތާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ ޖުލައި މަހުގެ 20 އިން 23 އަށެވެ.

 

މި މަހާސިންތާގެ ތައްޔާރީތައް ފެށުމުގެ ރަސްމިއްޔާތު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހިމްއެވެ.

 

މިއީ ވަރލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން ހަރަދުކޮށްގެން ކުރިއަށްގެންދާ މަހާސިންތާއެކެވެ. މީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާކުރުމެވެ.

 

މިނިސްޓަރ ވިދާޅުވީ މި މަހާސިންތާއަކީ ގައުމުގެ ތިމާވެށި ރައްކާތެރިކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި މެނޭޖުކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.

 

މި މަހާސިންތާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 500 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. މީގެ ތެރޭގައި ސަރުކާރުގެ އިސް ވެރިންނާއި ތިމާވެށްޓާ ގުޅުންހުރި ޖަމްއިއްޔާތަކުގެ މެންބަރުންނާއި ބައިނަލްއަގުވާމީ ފަންނީ މާހިރުން ހިމެނެއެވެ.

 

މި މަހާސިންތާގެ ތައްޔާރީތައް ފެށުމާއެކު، ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި މިކަމާ ގުޅުންހުރި އެކި ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށް ވަނީ ރޭވިފައެވެ. އޭގެތެރޭގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި، ކުނި ނައްތާލުމުގެ ހާއްސަ ކެމްޕޭންތައް ހިމެނެއެވެ.

 

 


  • ތޯރިގް އިބްރާހިމް
  • އެންވަޔަރްމެންޓް މިނިސްޓްރީ
  • ކޮމެންޓް