މަތީއަރުތަވެރިންގެ އިނާމު މިއަހަރު 1800 އަށްވުރެ ގިނަ ދަރިވަރުންނަށް

ފޮޓޯ: މިނިސްޓްރީ

"މަތީ އަރުތަވެރިންގެ އިނާމު" ދިނުމަށް ބާއްވާ ރަސްމިއްޔާތު މިހިނގާ ޖޫން މަހު ބޭއްވުމަށް ނިންމައިފިއެވެ.

 

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި ރަސްމިއްޔާތު އޮންނާނީ ޖޫން 21 އަދި 22 ގައި ކަމަށެވެ.2023 އަދި 2024 ވަނަ އަހަރު ގެ ޘާނަވީ އަދި މަތީ ޘާނަވީ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ބާއްވާ މި ރަސްމިއްޔާތު ފަސް ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެެވެ.

 

ސޯޝަލް ސެންޓަރުގައި އޮންނަ މި ރަސްމިއްޔާތުގައި އޯލެވެލް އަދި އޭލެވެލްއިން 1 ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، އޭލެވެލް އިން 1 ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސޮކޮލަރޝިޕާއި އޭ ފާސް ނުވަތަ އެއަށްވުރެ މަތިން ހޯދާ ދަރިވަރުންނަށް ދެވޭ ހައި އެޗީވަރސް ސްކޮލަރޝިޕް ހަވާލުކުރުން އޮންނާނެއެވެ.

 

ޘާނަވީ އަދި މަތީ ޡާނަވީ ނިންމި އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، 1800 އަށްވުރެ ގިނަ ދަރިވަރުން މި ރަސްމިއްޔާތުގައި މަތީ އަރުތަވެރިންގެ އިނާމު ހާލުކުރާނެއެވެ.

 

 


  • ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ
  • އެޑިއުކޭޝަން މިނިސްޓަރ
  • އެޑިއުކޭޝަން މިނިސްޓްރީ
  • ކޮމެންޓް