ހުރިހާ ދަރިވަރުންނަށްވެސް ހަމަހަމަ ތައުލީމެއް ފޯރުކޮށްދިނުމަށް މިނިސްޓަރ ގޮވާލައްވައިފި

ހުރިހާ ދަރިވަރުންނަށްވެސް ހަމަހަމަ ތައުލީމެއް ފޯރުކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ގޮވާލައްވައިފިއެވެ.

 

މަތީއަރުތަވެރިންގެ އިނާމުގެ ދިނުމުގެ ދެވަނަ ދަންފަޅީގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ މިހާރު އޭލެވެލްއަށް ކިޔަވަމުންދާ ދަރިވަރުންނާއެކު އޯލެވެލް އިމްތިހާނު ފުރިހަމަކުރި 7672 ދަރިވަރުންގެ ތެރެއިން ފާސްވެފައިވަނީ 46 އިންސައްތަ ދަރިވަރުންކަން ފާހަގަކުރައްވާފައެވެ. އަދި ފާސްވި ދަރިވަރުންގެ ތެރެއިން ގިނައީ އަންހެން ދަރިވަރުންކަން ފާހަގަކުރެއްވިއެވެ.

 

އެގޮތުން އޯލެވެލް އިމްތިހާނު 3804 ފިރިހެން ދަރިވަރުން ހެދިއިރު، އޭގެ ތެރެއިން ފާސްވެފައިވަނީ 44 އިންސައްތަ ފިރިހެން ދަރިވަރުން ކަމަށާއި 3868 އަންހެން ދަރިވަރުން އިމްތިހާނު ހެދިއިރު، ފާސްވީ 56 އިންސައްތަކަމަށް ވިދާޅުވިއެވެ.

 

އެހެންކަމުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ފިރިހެން ދަރިވަރުންނަށް މިނިސްޓަރު ގޮވާލާފައެވެ. އަދި ފިރިހެން ކުދިންގެ ނަތީޖާ ދަށްވާން ދިމާވާ ސަބަބުތައް ދެނެގަތުމަށް މިއަހަރުގެ ތެރޭގައި ރެޕިޑް އެސެސްމަންޓެއް ހަދާނެކަމަށް ވެސް ވިދާޅުވިއެވެ.

 

މީގެއިތުރުން އެ އެސެސްމަންޓްގެ އަލީގައި އެކަށީގެންވާ ފިޔަވަޅު އަޅާ ފިރިހެން ކުދިންނާއި އަންހެން ކުދިންގެ ނަތީޖާއަކީ ހަމަހަމަ ނަތީޖާތަކެއްގެ ގޮތުގައި ބައްޓަން ކުރެވޭތޯ މަސައްކަތް ކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ.

 


  • ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ
  • އެޑިއުކޭޝަން މިނިސްޓަރ
  • އެޑިއުކޭޝަން މިނިސްޓްރީ
  • ކޮމެންޓް