މަތީ އަރުތަވެރިންގެ އިނާމުގެ 4 ވަނަ ދަންފަޅި ޝަރަފްވެރިކޮށްދެއްވީ ނައިބު ރައީސް

"މަތީ އަރުތަވެރިންގެ އިނާމް 2024" ގެ ހަތަރުވަނަ ދަންފަޅި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ޝަރަފުވެރިކޮށްދެއްވައިފިއެވެ.

 

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި އޮތް މި ރަސްމިއްޔާތުގައި މަތީ ޘާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން މަތީ ވަނަތައް ހޯދި ދަރިވަރުންނަށް ޓްރޮފީ ހަވާލުކޮށްދެއްވީ އެމަނިކުފާނާއި އެޑިއުކޭޝަން މިނިސްޓަރ ޑޮކްޓަރ އިސްމާޢީލް ޝަފީޢު އާއި ދައުލަތުގެ އިސްވެރިނެވެ. ހެނދުނު ދަންފަޅީގައި 360  ދަރިވަރުންނަށް ޓްރޮފީ ހާސިލުކޮށްފައިވެއެވެ.

 

މި ރަސްމިއްޔާތަށް ނައިބު ވަޑައިގެންނެވުމުން، އެމަނިކުފާނަށް އޮނަރ ގާޑެއް ވަނީ އަރުވާފައެވެ. އަދި ދަރިވަރުން ވަނީ އެމަނިކުފާނަށް ހަދިޔާއެއްވެސް އަރުވާފައެވެ.

 

2023-2024 ވަނަ އަހަރުގެ "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ރަސްމިއްޔާތު މިއަހަރު ކުރިޔަށް ގެންދަނީ ފަސް ދަންފަޅިއަކަށް ބަހާލައިގެންނެވެ.

 


  • ނައިބު ރައީސް
  • ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ
  • އެޑިއުކޭޝަން މިނިސްޓަރ
  • އެޑިއުކޭޝަން މިނިސްޓްރީ
  • ކޮމެންޓް