އިނާޔަތެއް ދީގެން ނަމަވެސް މުދައްރިސްކަމަށް ދިވެހިން ހިތްޖައްސަން ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މަތީ އަރުތަވެރިންގެ އިނާމުދިނުމުގެ ރަސްމިއްޔާތުގެ 4 ވަނަ ދަންފަޅީގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ އެކަށީގެންވާ އަދަދަށް މުދައްރިސުން ނުލިބުމުން މިވަގުތު ރާއްޖޭގައި މަސައްކަތްކުރަމުންދާ މުދައްރިސުންގެ 4 އިންސައްތައަކީ ޓްރެއިންނުވެ، ބަދަލު ޓީޗަރުންގެ ގޮތުގައި މަސައްކަތްކުރާ މުދައްރިސުން ކަމަށެވެ.
އެގޮތުން އެންމެ މަދީ ޕްރައިމަރީ ގުރޭޑުތަކަށް ކިޔަވައިދޭ މުދައްރިސުންނާއި ދިވެހި، އިސްލާމާއި ޤުރުއާން މާއްދާ ކިޔައިވައިދޭ މުދައްރިސުން ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ކިޔަވައިދޭ މުދައްރިސުންގެ ތެރެއިން 74 އިންސައްތައަކީ ދިވެހިން ކަމަށާއި ބިދޭސީންގެ އިންސައްތައަކީ 22 އިންސައްތަ ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންވެ، މިނިސްޓަރު ވިދާޅުވީ މުދައްރިސުން ތަމްރީންކުރުމުގެ ގައުމީ ޕްރޮގުރާމްގެ ތެރެއިން ހާއްސަ އިނާޔަތެއް ދީގެން މުދައްރިސްކަން ކިޔެވުމަށް ޝައުގުވެރިކުރުމުގެ ވިސްނުން އެބަހުރިކަމަށެވެ.
މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފުތިތާހުކޮށްދެއްވީ ފައިބެއަހަރުގެ ނޮވެންބަރު މަހުގެ 7 ވަނަ ދުވަހުއެވެ.