އިންޓަގްރޭޓެޑް ކޮލެބޮރޭޓިވް އެޕްރޯޗެސް ފޮރ ސަސްޓެއިނަބަލް ޓުއަރިޒަމް ޕްރޮޖެކްޓް (އައި.ކޯސްޓް) މަޝްރޫއު އިފްތިތާހުކޮށްފިއެވެ.
މި މަޝްރޫއަށް ތައްޔާރުކުރުމުގެ މަރުހަލާ އިފްތިތާހުކޮށްދެއްވީ ޓޫރިޒަމް އެންޑް އެންވަޔަރްމެންޓް މިނިސްޓަރ ޠާރިޤު އިބްރާހީމްއެވެ.
މިއީ ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ބޭނުންވާ ސިޔާސަތުތަކާއި ޕޮލިސީތައް ގާއިމުކުރުމަށާއި މާލީ އެހީތައް ލިބެންހުރި މިންވަރު ދެނެގަތުމަށް ހިންގާ މަޝްރޫއެކެވެ. އަދި ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އަހުލުވެރިކޮށް އެކަމަށް ބާރުއެޅުމަށް ތައްޔާރުކުރެވޭ މަޝްރޫއެކެވެ.
އައި.ކޯސްޓް ޕްރެޖްކެޓަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓި (ޖެފް) ގެ ހިލޭއެހީގެ ދަށުން އެމިނިސްޓްރީއާ ޔުނައިޓެޑް ނޭޝަންސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން (ޔުނިޑޯ) އާ ގުޅިގެން ތައްޔާރުކުރަމުންދާ ޕްރޮޖެކްޓެކެވެ.
މިއަދު ބޭއްވި އިންސެޕްޝަން ވޯކްޝޮޕްގައި ސަރުކާރުގެ އިދާރާތަކުންނާއި ރިސޯޓްތަކުންނާއި އިތުރު ސްޓޭކްހޯލްޑަރުންގެ 50 އަށް ވުރެ ގިނަ ފަރާތްތަކުންވަނީ ބައިވެރިވެފައެވެ.