މަޖީދިއްޔާ ސްކޫލުގައި ސައިންސް ކިޔަވާ ދަރިވަރުން މަނިޔަފުއްޓަށް ޒިޔާރަތްކޮށްފިއެވެ.
މިއީ އެ ސްކޫލް ގްރޭޑް 10 ގައި މެރިން ސައިންސް ކިޔަވާ ދަރިވަރުންނަށް މެރިން ސައިންސްއާއި ގުޅޭ މައުލޫމާތުދީ، އެކުދިންނަށް އެކަމުގެ ޢަމަލީ ތަޖުރިބާ ކުރުމުގެ ފުރުސަތު ދިނުމަށް ކުރި ދަތުރެކެވެ.
މަނިޔަފުށި މެރިން ރިސާޗް ސެންޓަރަށް، މަޖީދިއްޔާ ސްކޫލް ގްރޭޑް 10 ގައި މެރިން ސައިންސް ކިޔަވާ 11 ދަރިވަރަކު ވަނީ ޒިޔާރަތްކޮށް މައުލޫމާތުހޯދާފައެވެ. އަދި އެ ދަރިވަރުންނަށް މަނިޔަފުށި ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީން ހިންގާ ފިޝަރީޒް ރިސާރޗް ޕްރޮގްރާމާއި އިކޯސިސްޓަމް ރިސާރޗް އާއި މެރިކަލްޗަރ ރިސާރޗް ޕްރޮގްރާމްގެ މައުލޫމާތު ވަނީ ދީފައެވެ.
ދަރިވަރުންގެ މި ޒިޔާރަތުގައި އެ އިންސްޓިޓިއުޓުން ހިންގާ ފިޝަރީޒް ރިސާރޗް ޕްރޮގްރާމް، އިކޯސިސްޓަމް ރިސާރޗް އަދި މެރިކަލްޗަރ ރިސާރޗް ޕްރޮގްރާމްގެ މަޢުލޫމާތު ވަނީ ދީފައެވެ. އަދި ޢަމަލީ ގޮތުން ދިރޭ ކާނާ އާލާކުރާ ލެބްގެ މަސައްކަތްތައް ހިނގާގޮތާއި ދިރޭކާނާ އާލާ ކުރާގޮތުގެ މައުލޫމާތުވެސް އެ ކުދިންނަށް ވަނީ ދީފައެވެ.
މީގެއިތުރުން ހެޗަރީގައި ކުރިއަށް ގެންދާ ފާނަ، ހުއިފިލަނޑާ، މާގަނޑުމަސް އާލާ ކުރުމަށް ކުރާ މަސައްކަތްތައް ދަރިވަރުންނަށް ދަސްކޮށްދީ އެކަމުގެ ތަޖުރިބާ ކުރުމުގެ ފުރުސަތު ވަނީދީފައެވެ. އަދި ޕާލްކަލްޗަރ ކުރާ ގޮތުގެ މައުލޫމާތު ވެސް ދީފައިވެއެވެ.