އެނުއަލް ކޭމްޕް ހުޓެވަރާ ނިންމާލައިފި

3 weeks ago

އަފްރާހް

އަބޫބަކުރު ސްކޫލުގެ "އެނުއަލް ކޭމްޕް ހުޓެވަރާ 2024"، ނިންމާލައިފިއެވެ.


އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކާޑެއްދޫ ޕޯސްޓްގައި ބޭއްވި ތިނަދޫ ސިޓީގައި މިކަމަށްޓަކައި ނޮވެންބަރު 24 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކާޑެއްދޫ ޕޯސްޓްގައި މި ކޭމްޕް ކުރިއަށްގެންދިޔުމުގައި އެ ޕޯސްޓްގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާތީ، އެ ސްކޫލުގެ ފަރާތުން ވަނީ އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުމެއް ދެއްވާފައެވެ.


ތިނަދޫ ސިޓީ، އަބޫބަކުރު ސްކޫލުގެ ފަރާތުން ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ އެ ސްކޫލުގެ ޕްރިންސިޕަލް، މުޙައްމަދު އަޖީބުއެވެ. އަދި، ހަނދާނީ ލިޔުމާ ހަވާލުވެލެއްވީ އެ ކޮމާންޑްގެ ސަރވިސް ސަޕޯޓް ކޮމްޕޯނަންޓް 4 ގެ ސީނިއަރ އެންލިސްޓެޑް ލީޑަރ، ސާޖަންޓް މޭޖަރ މުއްތަސިމް ފަހުމީއެވެ.


ނޮވެންބަރު 23 އިން 24 އަށް ކުރިއަށްގެންދިޔަ މި ކޭމްޕުގައި ތިނަދޫ ސިޓީ، އަބޫބަކުރު ސްކޫލްގެ 27 ގާލްގައިޑުންނާއި، 42 ސްކައުޓުންނެވެ. އަދި ތިން ގައިޑް ލީޑަރސް، ފަސް ސްކައުޓް ލީޑަރސް، ތިން ޔަންގް ލީޑަރސް އަދި ހަތް ރޯވާ ސްކައުޓްސް ބައިވެރިވިއެވެ.


މީގެއިތުރުން އެ ދަރިވަރުންގެ 10 ބެލެނިވެރިންނާއި، ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ނަރުހެއް ވެސް މި ކޭމްޕުގައި ބައިވެރިވިއެވެ.


ކިޔުންތެރިންގެ ހިޔާލު