އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުނުކުރަން ނިންމައިފި

3 weeks ago

އަފްރާހް

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދަށަށް ފެނަކަ ކޯޕަރޭޝަން (ފެނަކަ) ބަދަލު ކުރުމަށް ނިންމާފައި އޮތް އޮތުން ބަދަލުކޮށްފިއެވެ.


އެސްޓީއޯ އިން ބުނީ އެ މަސައްކަތް ހުއްޓާލުމަށް ނޮވެމްބަރ 24 ވަނަަ ދުވަހު، ފިނޭންސް މިނިސްޓްރީން އެ ކުންފުންޏަށް އަންގާފައިވާ ކަމަށެވެ.


މީގެއިތުރުން ކުންފުނިން ސަރުކާރަށް ހުށަހެޅި އެކުއިސިޝަން ޕްރޮޕޯސަލްގައި ހިމެނިފައިވާ ކަންކަން ކުރިޔަށްގެގޮސްފައިވާ މިންވަރަށްބަލައި، އެސްޓީއޯ އިން ފެނަކައިގެ ހިއްސާ ގަތުމުގެ މަސައްކަތް ހުއްޓާލުމަށް މި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާކަމަށް ވެސް އެސްޓީއޯ އިން ވަނީ ބުނެފައެވެ.


އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރުމަށް ސަރުކާރުން ނިންމީ މި އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. އޭރު ނިންމީ 2025 ވަނަ އަހަރު ފެށޭއިރު ފެނަކައަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ހެދުމަށެވެ.


ކިޔުންތެރިންގެ ހިޔާލު