3 weeks ago
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަހަރީ ސްޓާފް ޗެރިޓީ ރަން މިއަހަރު ވެސް ބާއްވައިފިއެވެ.
ނޮވެމްބަރ 29 ވީ ހުކުރު ދުވަހު ހެނދުނު ހުޅުމާލޭގައި ބޭއްވި މި ދުވުމުގައި އެ ބޭންކުގެ 300 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި އަތޮޅުތަކުގައި ހުންނަ އެ ބޭންކުގެ ގޮފިތަކުގެ ބައެއް މުވައްޒަފުން ވެސް ހިމެނެއެވެ.
2017 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެ ދުވުމަކީ އެ ބޭންކުގެ މުވައްޒަފުންގެ ކްލަބުން އިސްނަގައިގެން މުޖުތަމައަށް ފައިދާ ހުރި މަސައްކަތް ކުރާ ޖަމިއްޔާތަކަށް އެހީވުމުގެ ގޮތުން ބާއްވާ ދުވުމެކެވެ.
އެގޮތުން މިއަހަރުގެ ދުވުމުން ލިބުނު 50،000 ރުފިޔާ ހަވާލުކޮށްފައިވަނީ ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސް އަށެވެ.