ބަޔަކު ހިތްހަމަނުޖެހެއޭ ކިޔާފައި ގާނޫނު ތަންފީޒުނުކޮށް މި ސަރުކާރުން ނުތިބޭނެ

5 months ago

އަފްރާހް

ބަޔަކު ހިތްހަމަނުޖެހެއޭ ކިޔާފައި ގާނޫނު ތަންފީޒުނުކޮށް މި ސަރުކާރުން ނުތިބޭނެ ކަަމަށް ހޯމް މިނިސްޓަރ ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.


މޭ 12 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ވީއައިއޭ އަށް ޓެކްސީތައް ނުދާ ކަމުގެ ޝަކުވާ ލިބިވަޑައިގެންނެވި ކަމަށެވެ. އަދިއެކަން ހައްލުކުރަން އެމްއޭސީއެލް އާއި އެމްޓީސީސީ އަދި ޓްރާންސްޕޯޓް މިނިސްޓްރީ އާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން މި ސަރުކާރުން ގާނޫނު ތަންފީޒު ކުރާނެ ކަމަށާއި ޓެކްސީ ޑްރައިވަރުން ވެސް ޖެހޭނީ އެ އޮންނަ އުސޫލުން ޢަމަލު ކުރުމަށް ކަމަށް ވިދާޅުވިއެވެ. އަދި އެ ނޫން ގޮތަކަށް ސަރުކާރުން އެކަން ދޫކޮށްނުލާނެ ކަމަށް ވެސް ވިދާޅުވިއެވެ.


ވީއައިއޭގައި އޮންނަ ޓެކްސީ ކިއުގެ ޝަކުވާތައް މިފަހަކަށް އައިސް ބޮޑުވެފައިވާއިރު، ވަކިތަނަކަށް ނޫނީ ދަތުރު ކުރުމަށް ޓެކްސީ ޑްރައިވަރުން އެއްބަސްނުވުމާކަން ޓެކްސީގެ ހިދުމަތް ހޯދާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ދަތުރު ނެގުމަށްފަހު އެކި ތަންތަނަށް މަޑުކޮށް އެކި ފަސިންޖަރުން އެރުވުމާއި ކަނޑައެޅިފައިވާ އަގަށްް ވުރެ އިތުރަށް ދަތުރުތަކަށް ފައިސާ ނަގާ ކަމުގެ ޝަކުވާތައް ވެސް ކުރަމުންދެއެވެ.


ހަމަމިއާއެކު ޑޮމެސްޓިކް ޓަރމިނަލާ ހަމައަށްް ޓެކްސީތައް ދިއުމަށް ދެކޮޅު ހަދާކަން ވެސް ގިނަބަޔަކު ފާހަގަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު