ރާއްޖޭގެ ހައްޖުވެރިން ފުރަން ފަށައިފި – ފުރަތަމަ ފްލައިޓުގައި 296 މީހުން

4 months ago

އަފްރާހް

ރާއްޖެެއިން މިއަހަރު ހައްޖަށްދާ މީހުން ފުރަން ފަށައިފިއެވެ.


މޭ 31 ވަނަ ދުވަހު ފުރި ފުރަތަމަ ފްލައިޓުގައި 296 ހައްޖާޖީން ފުރާފައިވާއިރު، ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފް ވަނީ އެއަރޕޯޓުން ހައްޖާޖީންނާ ބައްދަލުކުރައްވާފައެވެ.


ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ހުރިހައި ކަމެއް ކުރިއަށްގެންދިއުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި ސަރުކާރތުން ވަނީ ހަވާލުކުރައްވާފައެވެ.


އެ ކޯޕަރޭޝަނުން ވިދާޅުވީ އިތުރު ތިން ފްލައިޓުގައި މީހުން ގެންދާނެކަމަށެވެ. އެގޮތުން އަންނަ ޖޫން 3 އަދި 7 ގައި ފްލައިޓު ބާއްވާނެ ކަމަށެވެ. ނަމަވެސް ތިންވަނަ ފްލައިޓު ބާއްވާނެ ވަކި ތާރީހެއް އަދިހާމައެއް ނުކުރައްވައެވެ.


ރާއްޖެއިން ހައްޖު ކޯޓާ ދިން 1000 މީހުންގެ ތެރޭގައި ފަގީރުންގެ ދަފްތަރުގައި ހިމެނޭ 50 މީހުން ވެސް މިއަހަރު ހިމެނެއެވެ. މިފަރާތްތަކަށް ހައްޖުވުމުގެ ފުރުސަތު ސަރުކާރުގެ އެހީގައި ވަނީ ހަމަޖައްސަވާދެއްވާފައެވެ.


މިއީ ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު އެފަދަ އާއިލާތަކަށް ދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުމެކެވެ. 


ކިޔުންތެރިންގެ ހިޔާލު