ސިހުރަކީ ދެ ދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާނެ ޢަމަލެއް

4 months ago

އަފްރާހް

ސިހުރަކީ ދެ ދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާނެ ޢަމަލެއް ކަމަށް ހުކުރު ހުތުބާގައި ހަނދާން ކޮށްދީފިއެވެ.


"ސިހުުރުގެ ނުބައިކަން" މި މައުޟޫއަށް ތައްޔާރުކޮށްފައިވާ ހުތުބާގައި ސިހުރަކީ ކާފިރުވާފަދަ ބޮޑު ފާފައެއްކަން ހަނދާންކޮށްދެމުން ވަނީ މުސީބާތްތަކުން މިންޖުވުމަށާއި ބޭނުންވާ ކަންކަމުގައި އިޚްލާސްތެރިކަމާއެކު މާތް ﷲގެ ހަޟުރަތުގައި ދުޢާ ދެއްނެވުމަށް އިރުޝާދު ދީފައެވެ.


މީގެއިތުރުން މިއަދު ފެތުރިފައިވާ ކުށްތަކުގެ ތެރޭގައި އެ ކުށްތަކަކަށް އަރައިގަތުމުން، ދީނުން ބޭރުވާ ފަދަ ކުށްތައް ހުންނަ ކަމަށާއިި އޭގެ ތެރެއިން އެއްކަމަކީ ސިހުރުކަން ފާހަގަކުރިއެވެ. ެަދި ސިހުރުގެ ސަބަބުން އާއިލާތައް ރޫޅި، ދެމަފިރިންގެ ޒަވާޖީ ހަޔާތް ބަރުބާދުވެ، ރަހުމަތްތެރިންގެ މެދުގައި ރުޅިވެރިކަމާއި އަދާވާތްތެރިކަން އުފެދޭކަން ވެސް ފާހަގަކޮށްފައި ވެއެވެ.


ހަމަމިއާއެކު ދަރިވަރުންގެ ތައުލީމަށް ހުރަސްއެޅި، ސިއްހަތު ސަލާމަތުން ހުރި މީހާ ބަލިވެ، ހިތާމަޔާއި ވޭން ތަހައްމަލު ކުރަން ޖެހޭ ކަމަށް ވަނީ ބުނެފައެވެ. އަދި އެފަދަ ޢަމަލެއް ކުރާ މީހެއްގެ ގާތަށް ގޮސް، އޭނާގެ ބަސް ތެދުކޮށް، އޭނާގެ ކިބައިން އެހީތެރިކަން ހޯދައިފި މީހާ، ކީރިތި ރަސޫލާގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް ކާފިރުވެއްޖެކަން ހުތުބާގައި ހަނދާންކޮށްދީފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު